މި ސަރުކާރު ވައްޓާލެވޭ ވަރުގެ ފަނިތައް އުފަން ވާނީ ޕީއެންއެފްގެ ހާލިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންއެފްގެ ހާލިން ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތަކެއް އުފެދިދާނެ ކަމަށާއި ޕީއެންއެފް ނޫން ބަޔަކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންދާނުދާ ކަމަށެވެ.
”އިހައް ދުވަހު އަޅުގަނޑާ ނޫސްވެރިއަކު ސުވާލު ކުރެއްވި މި ހާލިން ބޭރަށް ނުކުންނަން ވެއްޖެތޯ؟ މިހާލިން ނޫނީ އެ ކަމެއް ނުކުރޭ. [ރައްޔިތުންގެ އަޑު ނީއްވާ]،“ ޔާމީން ވިދާޅުވި އެވެ.
ހާއްޔަކީ އެއްޗެހި ވިއްސަން ބޭނުންކުރާ ވެށި ކަމަށާއި އެ މަނިކުފާނުގެ ’ހާލީގައި‘ މި ސަރުކާރަށް އުނދަގޫވާ ވަރުގެ ފަނިތައް ވެސް އުފަންވެދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ:
”އަދި މި ސަރުކާރު ވައްޓާލާ ވަރުގެ ފަނިތައް ވިހާނީ ވެސް ހާއްޔެއްގެ ތެރެއިން. އެހެންވީމާ މިފަދަ ހާއްޔެއް ނެތް އެއްވެސް އެހެން ތަނަކު. މިފަދަ ހާއްޔެއް އަޅުގަނޑުމެންނަށް ނުފެނިގެން މި އުޅެނީ އެއްވެސް އެހެން ތަނަކުން،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ހާއްޔެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހުމަކީ ލަދު ގަންނަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

8 Comments
ގުޅުންހުރި
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
ގައުމުދެކެ ލޯބިވާނަމަ އެމްޑީޕީގެ އެއްވުމަކަށް ނުދާނެ: ފަލާހު
އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން: އެމްޑީޕީ
ޖަމީލާއި މަލީހަކީ މަހު މުސާރައަށް، ޔާމީންއާއެކު އުޅެދޭ ބައެއް: ފަލާހު
ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު: ޔާމީން
ސިޔާސީ ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި،ޕީއެންސީއަށް 13.3 މިލިއަން