އޮކްޓޯބަރ 13, 2025

އަދާލަތު ޕާޓީ ވުޖޫދުން ފޮހެލަން ބާރުގަދަ ފަރާތްތަކުން މަސައްކަތްކުރި: އިޔާޒު

އަދާލަތު ޕާޓީ (އޭޕީ) ވުޖޫދުން ފޮހެލުމަށް ބާރުގަދަ ފަރާތްތަކުން މަސައްކަތްކުރި ކަމަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ނައިބު ރައީސް ޑރ. އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

އޭޕީއަށް އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި، އިޔާޒު ވިދާޅުވީ، އަދާލަތު ޕާޓީ ވުޖޫދުން ފޮހެލުމަށް ”ބާރުގަދަ“ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވީ ޕާޓީން ހައްގު ބަސް ބުނާތީ ކަމަށެވެ.

އަދާލަތު ޕާޓީގެ އިސް ފަނޑިޔާރުކަން ވެސް ކުރައްވާ އިޔާޒު ވިދާޅުވީ، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ ޚަބަރުތައް މުޅި ދުނިޔެއަށް ހާމަކޮށްދޭ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށްޓަކައި މަރަމުންދާ ފަދައިން، އަދާލަތު ޕާޓީއާ މެދު ވެސް މާޒީގައި ކަންތައް ވެފައި ވަނީ އެ ބީދައިން ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި އިޔާޒު ފާހަގަކުރެއްވީ، 10,000 މެމްބަރުން ހަމަނުވާ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހެވެ. އޭނާ ވިދާޅުވިގޮތުގައި، އެއީ ވެސް އަދާލަތަށް އަމާޒު ކޮށްގެން ހިންގި އަމަލެކެވެ.

”މީގައި ފޮރުވިފައިވާ ބޭނުމަކީ ކޮބައިތޯ؟ ބޭނުމަކީ އެއްކަލަ އަދާލަތު ޕާޓީ ވުޖޫދުން ފޮހެލުން. އެއީ ކީއްވެގެން؟ އެއީ އަދާލަތު ޕާޓީއަކީ ހައްގު ބަސް ބުނާ ބަޔަކަށް ވާތީވެ،“ އިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނަށް އިސްލާހަށް ފެތޭ ގޮތަށް 10،000 މެމްބަރުން އަދާލަތު ޕާޓީން ހަމަކުރުމުން ދެން ގެނައި ބަދަލަކީ އިނގިލީގެ ނިޝާން ނެތް މެމްބަރެއް ނަމަ ޕާޓީތަކުން ވަކިވާނެ ކަމަށް ނިންމުން ކަމަށެވެ. އިނގިލީގެ ނިޝާން ޖެހުން މަޖުބޫރު ނުކުރާ ދުވަސްވަރު އަދާލަތާ ގުޅުނު މެމްބަރުން ވެސް އެ ބަދަލާ އެކު ޕާޓީން ވަކިކޮށް ”ހުސްކޮށްލީ“ ކަމަށް އިޔާޒު ވިދާޅުވި އެވެ.

”ނުވި ތަނަކަށް އަޅުގަނޑުމެންގެ މެމްބަރުންނަށް ނުވެސް އެނގި މެމްބަރުން ވަގަށް ނަގައިގެން ގޮސް އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި މިފަދަ އެތައް ބައިވަރު ޖަރީމާތަކެއް ހިންގަމުން ގެންދިޔަ،“ މިހާރު 8،000 މެމްބަރުން ތިބި އަދާލަތު ޕާޓީއާ ގުޅޭ ގޮތުން އިޔާޒު ވިދާޅުވި އެވެ.

4 Comments

  • Haasim Abdulla އޯގަސްޓް 22, 2025

    Thee mihaaruves vujoodhun fohelan lasvefa oith party eh

  • Ibbe Rash އޯގަސްޓް 22, 2025

    Adaalat party onnaakah ves nujehey mithaaku! Rayyithunge laari kaigen dheeny kanthah kurumuge badhaluga eirehge araa veri ehge maslahathah abadhu ves ulhey bai gandeh thy

  • Shameen Jihad އޯގަސްޓް 22, 2025

    **އަދާލަތުޕާޓީ އަކީ އިންތިޚާބުގެ މޮޅުވާކޮޅަކަށް ތާއީދުކުރުމަށް މިވުޖޫދުގައި އޮންނަޕާޓީއެއް؟🤔

  • Vishern Vittey އޯގަސްޓް 24, 2025

    Aslu fohelanjehey baigandeh jahaalath party aky

Leave a Reply to Haasim Abdulla Cancel reply