ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ވަކި އިމެއްގެ ތެރޭގައި ހުދޫދު ކުރެވިފައިވާ ހައްގެއް ކަމަށާއި މިނިވަންކަމުގެ ނަމުގައި ބޭނުންހާ އެއްޗެއް ލިޔެ ނުހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ވިދާޅުވީ ތިމާއަށް އަބުރާއި އިއްޒަތާއި ޝަރަފު ލިބިދީފައިވާ ފަދައިން އެހެން މީހުންނަށް ވެސް އެ ހައްގުތަކާއި ކަރާމަތްތައް ލިބިދީފައިވާ ކަމަށެވެ.
”އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބިފައި އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނާ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ. ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،“ މުއިއްޒު ވިދާޅުވި އެވެ.
”މިއަދު އަޅުގަނޑުމެންގެ ތެރޭގަ އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް ބެލުމެއް ނެތް. ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ. ތިމާ ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ. އަނެކާއަށް ވަރިހަމަ ހަމަ ކޮންމެ ގޮތެއް ވިޔަސް. އެޔެއް ނޫން ދިވެހި ވަންތަކަމަކީ،“
ރައީސް ވިދާޅުވީ މުސްލިމެއް ވެއްޖިއްޔާ އެ މީހެއްގެ މައްޗަށް ވާޖިބު ވެގެންވަނީ ދޫ ރައްކާތެރި ކުރަން ކަމަށެވެ. އަމިއްލާ މަންފާތަކެއް ހާސިލުކުރަން ދެން ހުންނަ މީހާގެ އަބުރު ނަގައިލުމަކީ ކޮށްގެންވާނެ ކަންތައްތަކެއް ނޫން ކަމަށާއި އެ މިނިވަންކަން ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.




5 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!