އޮކްޓޯބަރ 14, 2025

އެމެރިކާ އިން ކިތަންމެ ބޭނުންވިޔަސް އީރާން ކިޔަމަންތެރިއެއް ނުކުރެވޭނެ: އާޔަތުﷲ

އެމެރިކާ އިން ކިތަންމެ ބޭނުންވި ނަމަވެސް އީރާނުން އެމެރިކާއަށް ކިޔަމަންތެރި ނުކުރެވޭނެ ކަމަށް އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ ހަމާނާއީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ވެރިރަށް ތެހެރާންގެ ދީނީ ހަރަކާތެއްގައި ވާހަކަދައްކަވަމުން އާޔަތުالله ވިދާޅުވީ އެމެރިކާ އިން އިސްލާމީ އުންމަތް އެ މީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށެވެ.

”އެމެރިކާ އިން ބޭނުންވަނީ އީރާނުން އެ މީހުންނަށް ކިޔަމަންތެރިވާން. އެފަދަ ހުރިހާ ގޯސް އުއްމީދުތަކަށް އީރާނުގެ ހުރިހާ ބާރަކާއެކު ތެދުވާނަން،“ އާޔަތުالله ވިދާޅުވި އެވެ.

އާޔަތުالله މިހެން ވިދާޅުވި އިރު، އީރާނުން ވަނީ އެމެރިކާ އާއެކު ނިއުކްލިއާ މަޝްވަރާތައް ހުއްޓާލައިފަ އެވެ. އެ މަޝްވަރާތައް ހުއްޓާލީ މިދިޔަ ޖޫން މަހު އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށް ގެންދިޔަ 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އެމެރިކާ އާއި އިޒްރޭލުން ބޮން އެޅުމުންނެވެ.

އާޔަތުالله ވިދާޅުވީ، އެ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އެޖެންޓުން ޔޫރަޕަށް ގޮސް ހަނގުރާމަ ނިމުމަށްފަހު އީރާނުގައި ވެރިކަން ކުރާނީ ކޮން ގައުމަކުންތޯ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

8 Comments

  • Ehkala Anwey އޯގަސްޓް 25, 2025

    insha’Allah America and Israel hithigothakah dhuhvaalaba

  • Azhym Mohamed އޯގަސްޓް 25, 2025

    އީރާނުގެ ހުރި އާރާއިބާރު ބޭނުންކޮއްގެން ސަޢޫދީގެ ވެރިކަމުގަހުރި ޝައިތާނާގެ ދުވަސްދުއްވާލަބަލަ އޭރުން މުޅިއިސްލާމީ އުއްމަތަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ

    • Salaam Udhuhay އޯގަސްޓް 25, 2025

      Azhym Mohamed asluves

    • Ilyas Ali އޯގަސްޓް 25, 2025

      Azhym Mohamed އީރާނުގައެތިބަސައިތާނުންގެރޭވުމުގެތެރެއިން ފަލަސްތީނުގައެތިބަމުސްލިމުންކޮޅުމަރާހުސްކޮއްއެމީހުންގެ ގެދޮތަޅާސުންނާފަތިއެކުރަނީ އީރާނުގައެތިބަ ސައިތާނުންގެދުރުވިސްނުންފުޅުގެތެތެއިން އެއީކިފުރުވެފަތިބިބައެއް

    • Ilyas Ali އޯގަސްޓް 25, 2025

      Azhym Mohamed ﷲގެރަހުމަތްފުޅުންއެމީހުންނައް ދުވަހަކުވެސް ސައުދީއާހަމައައްއަތެއްނުފޯރާނެ

  • Mode Bin Ali އޯގަސްޓް 25, 2025

    ތި ގަދަ ބަސް ނުބުނެ ޔަހޫދީ ބައިގަޑު ފޮހެލަބަލަ😡

  • Hussain Be އޯގަސްޓް 25, 2025

    gadha basthah bunefaa ves America drumpt buniema Israel ah hamalaa dhie dhie ohva ves hanguraama huhtaaalie America bunumun ehves saruthakaai nulaa baareh oiynama nuhuhtaane hanguraamaeh

  • Abdulla Mohamed Haneef އޯގަސްޓް 28, 2025

    Iran eh nujeheyne America ah kiyaman be boalanmbaakah

Leave a Reply to Azhym Mohamed Cancel reply