ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކާލަން ފޮޓޯ އާންމުކުރި މައްސަލަ ބަލަނީ

ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކާލަން ފޮޓޯ އާންމުކުރި މައްސަލައެެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ޓިކްޓޮކް ލައިވްއެއްގައި، 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަ ދެއްކުމުގެ އިތުރުން އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަަމަލެއް ހިންގާފައިވާ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ކުއްޖާގެ ފޮޓޯ އާންމުކޮށް ވިއްކާލާނެ ކަމަށް ޖެހީ ކުއްޖާގެ މަންމައާ ޖެހުނު މައްސަލައެއްގަ އެވެ.

2 Comments

  • Ynme Xiphaaph އޯގަސްޓް 26, 2025

    Correction:-
    Siyaasee nufoozun hayyaru kuri meehaa vanee dhookollaafa.

  • Moonjau MoonZazee އޯގަސްޓް 27, 2025

    TikTok ban kurebala. Miraajjeyah jehifa oiyeh museebaatheh thi TikTok akee

Leave a Reply to Ynme Xiphaaph Cancel reply