އޮކްޓޯބަރ 14, 2025

އުލުބައިންދާ ވާހަކައަށް ހަލީލާއި އަސްވާޑުގެ ބަހެއް ނެތް

 ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް / ފޮޓޯ: މިހާރު

ބައެއް ނޫސްވެރިން އުލުބައިންދަން ޖެހޭނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންނުވާ ކަމަށް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ކުރިމަތީގައި ހުންނަ މީޑިއާ ފެންޑާގައި ނޫސްވެރިންނާ ބައްދަލުވުމުގެ ތެރެއިން ފަލާހުގެ އެ ވާހަކަތަކާ ގުޅިގެން ހަލީލު ދެކެވަޑައިގަންނަވަނީ ކޮން ގޮތައްކަތޯ ނޫސްވެރިންވަނީ ސުވާލު ކޮށްފައެވެ.

ނަމަވެސް ހަލީލު ވިދާޅުވީއެ ސުވާލަށް ޖަވާބު ދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ. އެއްވެސް ރައްޔިތަކާ ދިމާލަށް ބޭއިންސާފުން ވާހަކަދެއްކުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ހަލީލް ވިދާޅުވި އެވެ.

އަޅުގަނޑު މި ދަންނަވަނީ [މަޖިލީހުގައި] އެތާނގައި ދެއްކި ވާހަކައަކަށް އަޅުގަނޑު އެއްޗެއް ބުނާކަށް ނެތީމޭ،

މިނިސްޓަރު އަސްވާޑް ވިދާޅުވީ ފަލާހުގެ ވާހަކަތަށް ޖަވާބުދާރީވަނީ ޕީއެންސީން އެކަމަށް ކަނޑައަޅާފައި ތިބޭ ބައެއް ކަމަށެވެ.

”އަޅުގަނޑެއް ނޫނޭ އެ ވާހަކަ ދެއްކީ. ޕާޓީގައި ހުންނާނެ ހަމަޖެހިފައި ހުންނަ ބޭފުޅުން ސްޕޯކްސް ޕާސަނުންނާ އެއްޗެހި [އެވާހަކައަށް ޖަވާބުދޭން]“ އަސްވާޑު ވިދާޅުވި އެވެ.

7 Comments

  • محمد خميم އޯގަސްޓް 28, 2025

    Baheh bunaairah magaam gehlley

  • Shuaib Naseer އޯގަސްޓް 28, 2025

    Vazeefaaga thiben beynumiyyaa kiyan onnaanee koacheh.

  • Fathimath Abdul Kareem އޯގަސްޓް 28, 2025

    E dhemeehun eh ulhegga bain dhan vee nun

  • Gothi Bey Goathi އޯގަސްޓް 28, 2025

    Thi vess botaco fadha bey fulhun v makaa, baheh nu ohnaane nun

  • Xiya Saleem އޯގަސްޓް 28, 2025

    އެދެމީހުން ވެސް އުލުބައިންދަ ފާނެތީ ބިރު ހީވަނީ ތޯއްޗެއް

  • Eileen Khaan އޯގަސްޓް 28, 2025

    Ehn noon vaanee kalu faidhaa ehaa varah kaan libey viyaa

  • Dhudhoo Fate އޯގަސްޓް 28, 2025

    Fithifa uthaa

Leave a Reply to Shuaib Naseer Cancel reply