އިންޑިއާގެ ޗެންނާއީގައި ހުންނަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ ކާޑިއެކް ސާޖަންއަކު ހިތް ހުއްޓިގެން މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަވީތާ މެޑިކަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 39 އަހަރުގެ ޑރ. ގްރަޑްލިން ރޯއީ މަރުވީ އިއްޔެ ހެނދުނު ވޯޑް ރައުންޑަށް ނުކުމެ އުޅެނިކޮށެވެ.
ހައިދަރުއާބާދުގައި ހުންނަ ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. ސުދީރު ކުމާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ޑރ. ރޯއީގެ ފުރާނަ ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ހިތުގެ ވާތުގައި އިންނަ މައި ނާރު އެއްކޮށް ބެދިފައި ހުރުމުގެ ސަބަބުން ޑރ. ރޯއީ ސަލާމަތް ނުކުރެވުނު ކަމަށް ވިދާޅުވެފައިވެ އެވެ.
ޑރ. ކުމާރު ވަނީ އުމުރުން 30 އާއި 40 އަހަރާ ދެމެދުގެ ޒުވާން ޑޮކްޓަރުން ހިތް ހުއްޓިގެން މަރުވާ މިންވަރު އިތުރުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.




47 Comments
ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް