މީޑިއާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މިހާރު އަދާކުރާ ކޮމިޝަންތަންތަކާއި މަސްލަހަތުވެރިންނާ މަޝްވަރާކުރުމެއް ނެތި އަދި ދިރާސާ ވެސް ނުކޮށް ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލް މަޖިލީހަށް ހުށަހެޅުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ބްރޯޑްކޮމްގެ ސަފާ ޝަފީގް ވިދާޅުވީ އެ ބިލަކީ ގައުމީ ފެންވަރުގައި މަޝްވަރާ ހޯދަންޖެހޭ ބިލެއް ކަމަށެވެ. ނަމަވެސް އެ ބިލު ހުށަހަޅާފައިވަނީ ސަރުކާރުން ކަންކަމާ މަޝްވަރާ ކުރުމުގެ ސިޔާސަތާ މުޅިން ދެކޮޅަށް ކަމަށެވެ.
ބިލު އޮތް ގޮތުން އެ ބިލު ތަންފީޒު ނުކުރެވޭނެ ކަމަށް ސަފާ ވިދާޅުވި އެވެ.
”ގާނޫނަކަށް ވަކި ވެގެނެއް ތަންފީޒެއް ނުއެއް ކުރެވޭނެ ކަންކަން ހުރި ގޮތުން،“ ސަފާ ވިދާޅުވި އެވެ.
ސަފާ ވިދާޅުވީ އެފަދަ ބިލެއް ގާނޫނަކަށް ވެގެން އަންނައިރު ތަންފީޒު ކުރާނެ ބަޖެޓެއް ވެސް ނެތް ކަމަށެވެ.
”މުވައްޒަފުންގެ މުސާރަދީ ދީ ހަދާފައި ކަމެއް ކުރަން މީޑިއާ ކުރިއަރުވަން ވެސް މި އޮންނަނީ 400،000 އެއްހާ ރުފިޔާ،“ ސަފާ ވިދާޅުވި އެވެ.
ކޮމިޝަންގެ މެންބަރު މޫސާ ރިލްވާން ވިދާޅުވީ ބިލް އޮތް ގޮތުން އިދާރީ ފިޔަވަޅެއްގެ ގޮތުން ލައިސަންސް ހިފެހެއްޓޭއިރު އެކަން ކުރުމުގެ ސަބަބުން މީޑިއާތަކެއް އެކީ މަރުވެގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށެވެ.
”މީޑިއާތައް މަރުވެގެން ދާގޮތަކަށް ނޫން މިކަން ކުރަން ޖެހޭނޭ ނުޖެހޭނެ“

ގުޅުންހުރި
މުޒާހަރާއަށް ނިކުތް ނޫސްވެރިންނަށް ނުހައްގުން އަނިޔާކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި، ކަންވެ ނިމުނުއިރު ބިލާ ހަވާލުވީ ސަރުކާރުން!
އެޑިޓަރުންގެ ޖަމިއްޔާ ވަނީ ޕެރެލައިޒް ވެފައި، އެ ޖަމިއްޔާ އިން ހިރިގާ
މީޑިއާ ބިލާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރަން މިރޭ ބޮޑު ފޯރަމެއް ބާއްވަނީ
މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ މިއަދުވެސް ސިއްރު