އޮކްޓޯބަރ 19, 2025

އަބްދުއްރަހީމަށް އަހަރެއް ތެރޭ މިލިއަނެއްހާ ރުފިޔާގެ ހަދިޔާ ލިބިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް، އެ މަނިކުފާނު އެ މަގާމަށް އިންތިޚާބުވެވަޑައިގެން ފަހުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހެޔޮ އެދޭ ފަރާތްތަކުން ’ހަދިޔާ’ގެ ގޮތުގައި ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، 28 މެއި 2024 ގައި އާންމުކުރި އެ މަނިކުފާނުގެ މާލީ ބަޔާނުންނެވެ. މި ބަޔާނުގައި ހިމެނެނީ މިދިޔަ އަހަރުގެ މެއި 28 އިން ފެށިގެން މި އަހަރުގެ މެއި 27 އަށްވާ އެއް އަހަރު ދުވަހުގެ މާލީ މައުލޫމާތެވެ.

އަބްދުއްރަހީމްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި، އެ މަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން އެކިއެކި ކަންކަމަށް ޖުމުލަ 958,982.48 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ. އެއީ 12 މަސް ދުވަހަށް ބަހާލުމުން މަހެއްގެ މައްޗަށް 79,915 ރުފިޔާ އެވެ. މި ފައިސާ ލިބިވަޑައިގެންފައިވަނީ ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކަން ލިބުނު ފައިސާގެ ގޮތުގައި ކަމަށް ބަޔާނުގައިވެ އެވެ.

މުސާރައާއި އިނާޔަތުގެ ގޮތުގައި އަބްދުއްރަހީމަށް އަހަރެއްގެ ތެރޭ ލިބިވަޑައިގަތީ 658,894.95 ރުފިޔާ އެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 59,400 ރުފިޔާ އެވެ. މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މަނިކުފާނަށް މުސާރައާއި އިނާޔާތާއި ’ހަދިޔާ‘ ފިޔަވައި އެހެން އެއްވެސް އެއްޗެއް ލިބިވަޑައިގެންފައެއް ނުވެ އެވެ.

އަދި، އެ މަނިކުފާނުގެ ނަންފުޅުގައި ހައްދަވާފައިވަނީ އެންމެ އެކައުންޓެކެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައިވާ އެ އެކައުންޓުގައި ޖުލައި ދެވަނަ ދުވަހާ ހަމައަށް 101,698.21 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުން އެނގެ އެވެ.

6 Comments

  • Ram Eez ސެޕްޓެމްބަރ 3, 2025

    އާންދެން ބަސްއަހާ ކުދިންނަށް މީހުން ހަދިޔާ ދޭނީ

  • Fathimath Abdul Kareem ސެޕްޓެމްބަރ 3, 2025

    Naseeb Hama rangalhee

  • Mohamed Zaeem ސެޕްޓެމްބަރ 3, 2025

    Congrats 👏

  • Hamid Abdulla ސެޕްޓެމްބަރ 3, 2025

    Thiyavaru fennaan huri iru nufeni kihaavareh hunnaane baa. Thiya minvarakee libifaivaa echchegge zarregge mivarah ves nuvaane.

  • Dhivehi Dhari ސެޕްޓެމްބަރ 3, 2025

    ތިޔައީ ރިޝްވަތު ނޫންދެން ކޯއްޗެއްތޯ? އާދައިގެ މީހެއްގެ ގޮތުގައި ހުރިއިރުނުވި ހެޔޮއެދުމެއް މިހާރުވާންވީ ކީއްވެތޯ? ޔާނުވެސް ވިދާޅުވީ ތިޔަހެން.

  • Hussain Be ސެޕްޓެމްބަރ 3, 2025

    konmeves varakah falhaa araafanethie adhurey hurie varah madun faharehga yaameen ah ingedhaanethie

Leave a Reply