އައްޑޫގައި ފިލްމު ބަލާފަައި ނުކުމެ ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގއ ހިތަދޫގައި ރޭ ފިލްމެއް ބަލަން ދިޔަ ބަޔަކު ސިނަމާ އިން ނުކުމެ ހިންގި މާރާމާރީއެއްގައި، އެކަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމު ”ކަނބުލޮ“ ބަލާ ނިމިގެންނެވެ.

މި މާރާމާރީ ހިންގާފައިވަނީ އަންހެނުންތަކެއްގެ މެދުގައެވެ. ހާދިސާ ހިނގި ގޮތް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ތިން މީހެއްގެ މެދުގައި ހިނގި މި މާރާމާރީ ހުއްޓުވަން ގިނަ ބަޔަކު ޖަމާވެ، އުޅެ އެވެ.

ވީޑިއޯއިން މީހުން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމާ، ގައިގައި ތަޅާ މަންޒަރު ވެސް ފެނެ އެވެ. ތަޅާފޮޅަމުން ގޮސް އަނިޔާވެގެން އެކަކު ވެއްޓިފައި އޮންނަ ތަން ވެސް ވީޑިއޯއިން ފެނިގެންދެ އެވެ. އެކަމަކު، މި މާރާމާރީ ހިންގި ސަބަބެއް އަދި އެނގޭ ގޮތެއް ނުވެ އެވެ.

އާންމުވެފައިވާ ވީޑިއޯގައި، އަނިޔާވި އަންހެނަކު އެމްބިއުލާންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ވެސް ވަނީ ފެނިފަ އެވެ. މި ހާދިސާގައި ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

3 Comments

  • Ehkala Anwey ސެޕްޓެމްބަރ 7, 2025

    Mohamed Nimal kihineh hedhy🫣😁

    • Mohamed Nimal ސެޕްޓެމްބަރ 7, 2025

      Ehkala Anwey 😀

  • Irey Hucen ސެޕްޓެމްބަރ 7, 2025

    އައްޑޫ ބިޓުން ވެސް ދޮލަނގު ވެސް ރީތިވާނެ، އެކަމަކު އިންނާކަށް ކަމަކު ނުދޭ 🙄

Leave a Reply to Irey Hucen Cancel reply