ސެޕްޓެމްބަރ 10, 2025

ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު: ޔާމީން

ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާއަކީ ރިޝްވަތު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެފަދަ މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ހަދިޔާތަކުގެ ތަފުސީލު މާލީ ބަޔާނުގައި ނުހިމަނާނަމަ އެކަން ކަމާބެހޭ ފަރާތްތަކުން ބަލަންވާނެ ކަމަށެވެ.

”ދެެން އަނެއް މައްސަލައަކީ މީނަ ލާރި ފޮރުވައިގެން މިއުޅެނީ ކީއްވެހޭ. ލާރި ފޮރުވައިގެން އުޅޭ ކަމަށްވަންޏާ އެއީ މަނީލޯންޑަރިންގެ ލާރިއެއް، އެއީ ނުހައްގު މުއްސަދިކަން. މީނައަށް ވެސް މިހާރު މަޖިލިސް މެންބަރުކަން ކުރާ ބޭފުޅުންނަށް މި ލިބެނީ ހަދިޔާ ނޫންތޯ. ނަޒާހަތްތެރި ބޭފުޅުން ނަޒާހަތްތެރިކަމުން ހުރިހާ ބޭފުޅުންނަށް ހަމަ ލިބެނީ ހަދިޔާ،“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މަޖިލިސް މެންބަރުން މާލީ ބަޔާންތައް އަމިއްލައަށް ތައްޔާރު ކުރުމުން ކަންބޮޑުވާ ކަމަށެވެ. އަމިއްލަ އަމިއްލައަށް މާލީ ބަޔާނެއް ތައްޔާރުކޮށްގެން ދިނީމާ ހިސާބުތައް ދެކޮޅު ނުޖެހޭ ކަމަށެވެ.

އެހެންވުމުން އެއީ އޮޑިޓް ކޮށްފައިވާ ބަޔާންތަކަކަށްވުން އެއީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

”މީގައި ހިސާބު ދިމާނުވާ ބޮޑު މައްސަ އެބައުޅޭ. އަނެއް މައްސަލައަކީ ހަމަ ބޮޑުތަނުން މިއޮތީ މަނީ ލޯންޑަރިންގެ މައްސަލައެކޭ. އެހެންވީމާ ލާރި ނަގާ ފޮރުވާފައި އެ ހުންނަނީ. ލާރި ގެންގުޅެންޏާ ނޫނީ ބޭންކުން 15 މިލިއަންގެ ލޯނެއް ނުދޭނެ،“ ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން، މާލީ ބަޔާންތަކުގެ ހިސާބުތައް ދިމާނުވާތީއާ، ”ހަދިޔާ“ގެ ނަމުގައި މުދަލާއި ފައިސާ ލިބިފައި ހުރި ގޮތް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންނާއި ބަންޑާރަ ނައިބު އޮފީހުން އަދި ފުލުހުން ވެސް އިސް ނަގައިގެން މި މައްސަލަ ބަލަންޖެހޭ ނޫންތޯ ޔާމީން ސުވާލުކުރެއްވި އެވެ.

13 Comments

  • Zahira Hasan ސެޕްޓެމްބަރ 9, 2025

    Yaameenu bunyasthedhen vaanithethakan

  • Ajwadh Abdullah ސެޕްޓެމްބަރ 9, 2025

    Yaameen ah libuneee hadhiyaa

  • Ram Eez ސެޕްޓެމްބަރ 9, 2025

    ކުރީގެ ސަރުކާރު ތަކުގެ އިސްވެރިންނަށް ލިބެނީ ރިސްވަތޯ މިހާރުގެ ސަރުކާރުގެ އިސްވެރިންނަށް ލިބެނީ ހަދިޔާޔޯ

  • Mohamed Ibrahim ސެޕްޓެމްބަރ 9, 2025

    Sarkaarga zimaadaar magaamutakuga tibegen libay hadiyaa akee risvatukan yageen ekan onaane seedaa hadeesun egen

  • Mohamed Aneel ސެޕްޓެމްބަރ 9, 2025

    Yaameen ah libun iru koachehba?

    • Abdul Sin ސެޕްޓެމްބަރ 9, 2025

      Mohamed Aneel fithuru zakaai

  • Moosa Moosa ސެޕްޓެމްބަރ 9, 2025

    Abdulla Yameen Abdul Gayoom ah libunu milion dollers ei risvathu

  • Emaan Ahmed ސެޕްޓެމްބަރ 9, 2025

    Vagah neyge kiyey nukiyeves 😂😂

  • Abraham Lincan ސެޕްޓެމްބަރ 9, 2025

    Bogose

  • Re Ya ސެޕްޓެމްބަރ 9, 2025

    Look who’s talking 😂😂😂😂😂

  • Ahmed Zaatte ސެޕްޓެމްބަރ 9, 2025

    Yaamin ge macha ehenveema thiya kuh sakke neh minvara amilla bahun meege kurin dhekki vaahakathakun e vanee saabithu vefa eve. Subuhaanallah

  • Shafraz Abdul Hannan ސެޕްޓެމްބަރ 9, 2025

    Campaign ah libivadaigennevi faisaaves dheththo ?

  • Axe Kinzoku ސެޕްޓެމްބަރ 9, 2025

    Mifahun buhdhi madhu meehun varah ginavejje eve. Ehenve irah kulhu jahanee.

Leave a Reply to Abdul Sin Cancel reply