ބާޒާރުގައި އޮރެންޖުގެ އަގު މައްޗަށް އުފުލުމާއި ގުޅިގެން އެސްޓީއޯ އިން ރާއްޖެއަށް އޮރެންޖު ޝިޕްމަންޓެއް އެތެރެކޮށް، ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެ ކުންފުނިން އޮރެންޖު ކިލޯއެއް ވިއްކަން ފަށާފައިވަނީ 35ރ. އަށް ކަމަށެވެ. އެ އަގުގައި ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލިބެން ހުންނާނެ ކަމަށްވެސް ބުންޏެވެ.
މިދިޔަ މަހު މޭވާގެ ބާވަތްތަކުގެ އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ، ދިހަ ޕަސެންޓް އުފުލިފަ އެވެ.
ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ ނަމަ، އެސްޓީއޯ އިން އާންމުކޮށް އެ ތަކެތި އެތެރެކޮށް އަގު ކޮންޓްރޯލް ކުރެ އެވެ. އެގޮތުން ދާދި ފަހުން ފިޔާގެ އަގު މައްޗަށް ދިއުމުން ވެސް، އެސްޓީއޯ އިން ވަނީ ފިޔާ އެތެރެކޮށް ހެޔޮ އަގުގައި ވިއްކައިފަ އެވެ.




13 Comments
ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ