އަތޮޅުތައް އުވާލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އަތޮޅުތައް އެ ގޮތުގައި ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުތަކަކީ ޖޯގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތް ކަމަށާއި އައެއަށް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް އުވާލަނީ އަތޮޅު ކައުންސިލްތައް ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމެވި ސަބަބު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ”އަތޮޅު ކައުންސިލަކީ ލާމަރުކަޒީ ނިޒާމަށް ފުރިހަމަކަން ގެނެސްދޭ އަދި ރައްޔިތުންނަށް މާނަހުރި އިދާރާއެއް ނޫން،“ ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގައި އަމަލީ ގޮތުން ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުމަށްޓަކައި އަތޮޅު ކައުންސިލްތައް ނެތުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލި ނަމަވެސް އަތޮޅު ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރައެއް ނާރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލްތަކާއި އަތޮޅު މަދަރުސާތައް އަދި އަތޮޅު ވެރިކަން ކުރާ ރަށްތައްވެސް މިހާރު އޮތް ގޮތަށް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ. އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ސީދާ ސަރުކާރާ މުއާމަލާތް ކުރެވޭނެ އާ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.




5 Comments
ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު