ވ. ފުލިދޫގެ ރައްޔިތުން ބޭނުންވާ ނަމަ އެ ރަށުގެ ބިން ހިއްކައިދޭނެ ކަމަށާއި ނަމަވެސް ސަރުކާރުން އެކަން ކޮށްދޭނީ ބިން ހިއްކުމަށް އެދި ކައުންސިލުން ލިޔުން ހުށަހެޅުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ފުލިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ފުލިދޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެއް ކަމަށެވެ. އެ ރަށުން ގޯތި ދޫނުކުރާތާ މިހާރު 15 އަހަރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”ބަނދަރާ ގުޅިގެން ދާ ގޮތަށް ރަށަށް 12 ހެކްޓަރުގެ ބިން ހިއްކާނީ. އެކަމަކު ރައްޔިތުންގެ ޔަގީންކަން ބޭނުންވާނެ. ރައްޔިތުން އެކަމަށް ބޭނުންވާނަމަ [ބިން ހިއްކައިގެން ގޯތިދޭން] ކައުންސިލް މެދުވެރިކޮށް ރައްޔިތުން މިކަމަށް ބޭނުންވާކަން އެނގޭނެ ލިޔުމެއް ހުށަހަޅަން އެދެން،“ ރައީސް ވިދާޅުވި އެވެ.
”މިސާލަކަށް މިރަށުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ ހެއްކެއްގެ ގޮތަށް އެ އޮންނާނެ.“
ރައީސް އެގޮތަށް ވިދާޅުވީ މިފަހުންން ބ. ދޮންފަންނު ބިން ހިއްކުމަށް ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅަށް ތިމާވެއްޓަށް ލޯބިކުރާ ބަޔަކު އެކަމާ ދެކޮޅަށް ނުކުތުމުން، ދޮންފަނު މީހުން އެ ރަށު ބިން ހިއްކަން ބޭނުންނުވާ ކަމަށް ވިދާޅުވެ އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމުމުން، ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ދޮންފަނު މީހުން މުޒާހަރާކުރުމާ ގުޅިގެންނެވެ.
ދޮންފަނު މީހުން ބުނި ގޮތުގައި އެ ރަށު މީހުން ބޭނުންވަނީ ބިން ހިއްކަން ކަމަށާއި ބިން ނުހިއްކުމަށް ރައީސް ނިންމެވީ ރަށު ކައުންސިލާއި ރައްޔިތުންނާ މަޝްވަރާނުކޮށް ކަމަށެވެ.




1 Comment
ގުޅުންހުރި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
391 މީހަކާ ސުވާލު ކޮށްގެން ހެދި ސާވޭ: 62 ޕަސެންޓް މީހުން
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް