ބައެއް ވިޔަފާރިވެރިން މޭވާގެ ބައެއް ބާވަތްތައް އަގުބޮޑުކޮށް ވިއްކީ އެކަން އެގޮތަށް ކުރުމަށް ރާވައިގެން ގަސްދުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ
ވ. ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ތަރުކާރީއާއި މޭވާގެ 20 ބާވަތެއް ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ޖެހުނީ މަޖުބޫރުވެގެން ކަމަށެވެ.
އެކަމުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށް ޑޮލަރުން އާމްދަނީ ލިބޭ ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އާމްދަނީގެ ވަކި ޕަސެންޓެއް ޑޮލަރު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ހެދުމުން ވިޔަފާރިތަކުން، ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށް ޓީޓީ ހެދުމަށް، ކުރިން ނުލިބޭ މިންވަރަށް ބޭންކު ރޭޓުގައި ޑޮލަރު ދިން ކަމަށެވެ.
އެކަމުގެ ސަބަބުން ތަކެތީގެ އަގު ހެޔޮވި ކަމަށާއި ނަމަވެސް އެގޮތަށް ތަކެތީގެ އަގު ހެޔޮވާން ފެށުމުން ސިޔާސީ ބޭނުމަކަށް ބައެއް ވިޔަފާރިވެރިން ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން ތަކެތީގެ އަގު ބޮޑުކުރީ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ވިޔަފާރިވެރިންނަށް އެގޮތަށް ރައްޔިތުންނަށް ދަތިވާހާ ބޮޑު އަގެއްގައި މުދާ ވިއްކުމުގެ ފުރުސަތު މީގެ ކުރިންވެސް ސަރުކާރުން ދީފައިނުވާނެ ކަމަށެވެ.




20 Comments
ގުޅުންހުރި
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683
ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް