މ. ދިއްގަރުގައި ހަދާ 75 ހައުސިން ޔުނިޓްގެ އަމަލީ މަސަައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިއްގަރު ހައުސިން މަޝްރޫއުއަކީ 18 އޭޕްރިލް 2025 ގައި އެއްބަސްވުމުގައި ސޮއިކޮށް ޖެހިގެން އައި ދުވަހު ބިންގާ އެޅި މަޝްރޫއު އެކެވެ. އެމްޓީސީސީ އަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 117.9 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ފަށައިފައެއް ނުވެ އެވެ.
ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ދިއްގަރު ހައުސިން މަޝްރޫއުއަކީ އެކިއެކި ސަބަބުތަކާހުރެ ނުފެށި އޮތް މަޝްރޫއުއެއް ކަމަށެވެ. ނަމަވެސް އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެ، މި އަހަރުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫއު ނިމުމުގެ ކުރިން އިތުރު 75 މަޝްރޫއުއެއް ފެށުމަށް ގަސްތު ކުރައްވާ ކަމަށެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ކަމާބެހޭ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.




8 Comments
ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު