އޮކްޓޯބަރ 13, 2025

މާލޭ މަގުތަކުން ވިިއްކާފައިވާ ޕާކިން ސްލޮޓްތައް އުވާލައި، އެ ތަންތަން އާންމުންނަށް ހުޅުވާލައިފި

މާލެ މަގުތަކުން ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިިިނިސްޓްރީން އެންގުމާ އެކު، މިހާރު ވިއްކާފައިވާ ޕާކިން ސްލޮޓުތައް އުވާލައި އެ ތަންތަން އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.

މާލޭ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާތީ ޕާކިން ސްލޮޓު ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެ ތަނެއްގައި ކޮންމެ މީހަކަށް ވެސް ޕާކް ކުރެވޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޕާކިން ސްލޮޓު ދޫކުރުން ހުއްޓާލަން ނިންމީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީ އެވެ.

މާލެ ސިޓީ ކައުންސިލުން، މާލޭގެ އާންމު ޖާގަތަކުންނާއި ޕާކިން ޒޯންތަކުން ކުއްޔަށް ޕާކިން ސްލޮޓްތައް ދޫކުރަން ފެށީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އޭރު ސްލޮޓުތައް ދީފައިވަނީ އާންމުންގެ ގިނަ ބަޔަކު އާންމުކޮށް ސައިކަލު ޕާކުކުރަމުންދިޔަ ސަރަހައްދުތަކުން ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން އޭރު ފާޅުކުރި އެވެ.

8 Comments

  • Mishoo Naai އޮކްޓޯބަރ 1, 2025

    Hama heukoh

  • Ahmed Ageel އޮކްޓޯބަރ 1, 2025

    keeve uvaanulaa thanege photo jehee….

  • Abulho Lhw އޮކްޓޯބަރ 1, 2025

    Baa cyk eh hoadhanvy jaaga hoadhan

  • Aishath Nasy އޮކްޓޯބަރ 1, 2025

    Rangalhu

  • ابراهيم عمران އޮކްޓޯބަރ 1, 2025

    Thank you MDP

  • Bax Bany Sael އޮކްޓޯބަރ 2, 2025

    City council in mihar kurahaafa huri yellow line thah fuhelan veenu avahah

  • A Salaam Salaante އޮކްޓޯބަރ 2, 2025

    Meyaru kamuga vikkaafa vaavaruveema verikamuga miuvaali🤣😂😂

  • Aminath Naeema އޮކްޓޯބަރ 4, 2025

    Mi gey Magun Ekathi ves guduvaaves nulaa liyumeh ga thihen othalas aammunnah vaane faseyha eh nei

Leave a Reply to Aishath Nasy Cancel reply