މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ޖަމާކުރަން ފަށައިފި އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައި، އެ ފައިސާ ޖަމާކުރަން ފަށާފައިވާކަން އެ ކުންފުނީގެ އޮފިޝަލަކު ވަނީ ”ހަފްތާ“ އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އެމްއޭސީއެލް އިން ފާއިތުވެދިޔަ ދެ އަހަރުވެސް އަހަރީ ބޯނަސްގެ ގޮތުގައި މުވައްޒަފުންނަށް ވަނީ 25،000 ރުފިޔާ ދީފަ އެވެ. މި އަހަރުގެ ބޯނަސް ޖަމާކޮށްފައި މިވަނީ ބޯނަސް ނުލިބޭ ކަމަށް ބުނެ ގިނަ ބަޔަކު އެމްއޭސީއެލްއަށް ފާޑުކިޔުން އަމާޒުކޮށްފައި ވަނިކޮށެވެ.




24 Comments
ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
ދިއްދޫ ބިން ހިއްކުން: 41 ހެކްޓަރު ހިއްކާ ނިންމައިފި، މިހާރު އެއީ
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް