އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާއަށް މާލެއަށް މީހުން ޖަމާވާން ފަށާފައިވަނިކޮށް، މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން އާންމުންނަށާއި ޓްރެފިކަށް އެކި ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
ބަންދުކުރަނީ ކީއްވެގެން ކަމެއް އަދި ބަންދުކުރަނީ ކޮން މަގުތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މި ނިންމުން އައިސްފައި މިވަނީ ފުލުހުންނާއި ސިފައިންގެ އިސްވެރިންނާއެކު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ.
ފުލުހުން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މާދަމާ ރޭ އެމްޑީޕީން ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ބުންޏެވެ.
ފުލުހުންގެ އެ ތުހުމަތު ދޮގުކޮށް އެމްޑީޕީން އިއްޔެ ބުނީ, އެ ޕާޓީގެ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕްތައް ވައްދައި މާލެތެރެ ހަލަބޮލި ކުރަން ރާވާފައިވަނީ ސަރުކާރުން އެ ގުރޫޕްތަކަށް ފައިސާ ދީގެން ކަމަށެވެ. އަދި އެކަން ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށެވެ.
މިރޭގެ މުޒާހަރާގައި ބައިވެރިވުމަށް މީގެ ދެ ދުވަސް ކުރިން ފެށިގެން އަތޮޅުތެރެއިން މާލެއަށް މީހުން ވަނީ އަންނަން ފަށައިފަ އެވެ.




3 Comments
ގުޅުންހުރި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި