އޮކްޓޯބަރ 13, 2025

އެމްޑީޕީގެ އެއްވުން: ފުލުހުންގެ ވާނުވާ ނޭނގޭ އޮޕަރޭޝަނެއް، މާލޭގެ އެކި ސަރަހައްދު ބަންދުކުރަނީ

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާއަށް މާލެއަށް މީހުން ޖަމާވާން ފަށާފައިވަނިކޮށް، މިއަދާއި މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން އާންމުންނަށާއި ޓްރެފިކަށް އެކި ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ބަންދުކުރަނީ ކީއްވެގެން ކަމެއް އަދި ބަންދުކުރަނީ ކޮން މަގުތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މި ނިންމުން އައިސްފައި މިވަނީ ފުލުހުންނާއި ސިފައިންގެ އިސްވެރިންނާއެކު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ.

ފުލުހުން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މާދަމާ ރޭ އެމްޑީޕީން ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ބުންޏެވެ.

ފުލުހުންގެ އެ ތުހުމަތު ދޮގުކޮށް އެމްޑީޕީން އިއްޔެ ބުނީ, އެ ޕާޓީގެ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕްތައް ވައްދައި މާލެތެރެ ހަލަބޮލި ކުރަން ރާވާފައިވަނީ ސަރުކާރުން އެ ގުރޫޕްތަކަށް ފައިސާ ދީގެން ކަމަށެވެ. އަދި އެކަން ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށެވެ.

މިރޭގެ މުޒާހަރާގައި ބައިވެރިވުމަށް މީގެ ދެ ދުވަސް ކުރިން ފެށިގެން އަތޮޅުތެރެއިން މާލެއަށް މީހުން ވަނީ އަންނަން ފަށައިފަ އެވެ.

3 Comments

  • Sha Ibrahim އޮކްޓޯބަރ 3, 2025

    Thi MDP akaa hedhi ehen meehunnah udhaguvita dheegen nuvaane. Mulhi male therey ham nujehun hi vaane thi bai meehun

    • Ismail Isse އޮކްޓޯބަރ 3, 2025

      Sha Ibrahim kahzaabu udhagoo noontha thy

  • ابراهيم عمران އޮކްޓޯބަރ 3, 2025

    Kazzaabu birun 🙄

Leave a Reply to Sha Ibrahim Cancel reply