އދ. ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރު އަތަފަރު އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި, ޓޫރިސްޓުންނަށް ޕިކްނިކް ގޮސް އުޅެވޭ ގޮތަށް އެ އަތޮޅު އަލިކޮއި ރަށް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, އެ ރަށަކީ ގެސްޓްހައުސް ޓޫރިޒަމްގައި ކުރިއަށްދާ އަދި އެކަމުގައި ރަށުގެ ވަރަށް ގިނަ ރައްޔިތުން ބައިވެރިވާ ރަށެއް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ވަރަށް ގިނަ އާމްދަނީ ވެސް ވައްދަމުންދާ ރަށެއް ކަމަށެވެ.
އެހެންކަމުން ގެސްޓްހައުސް ޓޫރިޒަމްގައި ކުރިއަށްދާން ބޭނުންވާނަމަ އެކަމަށް މަގު ފަހިކޮށްދޭން ސަރުކާރުން ބޭނުންވާ ކަމަށާއި ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންނަށް އެކި ގޮތްގޮތަށް އެފަދަ ކަންކަން ފަހިކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”އެގޮތުން މި ރަށް ކައިރީގައި މި އޮންނަ އުތުރުއަތަފަރު މި ރަށުގެ ބައެއް ގޮތުގައި ހަމަޖައްސައި އެކަމުގެ ގަރާރު ދާދި އަވަހަށް ހަމަޖައްސައި ނެރޭނެކަމުގެ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން. ދެން ޖެހޭނީ އެތަން ތަރައްގީކުރަން. އެކަމުގައި ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަން ދޭނަން,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, އދ. އަތޮޅަކީ ގެސްޓުންނަށް ބޭނުންކޮށްލެވޭނެ ވެލިކޮޅު ފަދަ ތަންތަން ވަރަށް މަދު އަތޮޅެއް ކަމަށާއި އެހެންކަމުން އެ އަތޮޅަށް އެކަން ހައްލުކޮށްދެއްވުން މުހިންމު ކަމަށެވެ.
”މާ ދުރުނޫން ހިސާބެއްގައި އޮތް އަލިކޮއި ރަށް, މި ރަށަކީ އެއްވެސް ފަރާތަކާ އަޅުގަނޑުމެން ދެން ހަވާލުކުރާނެ ތަނެއް ނޫން. ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބާއްވައިގެން މި ރަށާއި މިތާ ކައިރީގެ ރަށްރަށާއި މި ހިސާބުގެ ހުރިހާ ރަށެއްގެ ގެސްޓުން ގޮވައިގެން ބޭނުންކުރުމަށް ކަނޑައަޅާ ހާއްސަ ރަށެއްގެ ގޮތުގައި ކަނޑައަޅަން,“ ރައީސް ވިދާޅުވި އެވެ.




3 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް