މާތް الله އިންސާނާއަށް ދެއްވި މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާކޮށްދީފި އެވެ.
”މުދަލުގެ ހުރުމަތް“ މި މައުޞޫއަށް މިއަދު ދިން ހުތުބާގައި ބުނީ, ކޮންމެ އިންސާނެއްގެ އަޖަލާއި އޭނާގެ ރިޒުގާއި އޭނާއަކީ ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން މާތް الله ލިޔުއްވާފައިވާ ކަމަށެވެ. އެހެންވެ އެއްވެސް އިންސާނަކު, އެ އިންސާނަކަށް މާތް الله ކަނޑައަޅުއްވައިފައިވާ ރިޒުގު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ މާތް الله, އެކަލާނގެ ދީނުގައި މުދާ ހޯދައި އެ މުދާ މިކްކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި ބާތިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ.
މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ބާތިލް ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު, ތިޔަބައިމީހުންގެ ތެރެއިން ދެ ފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.“
ހުތުބާގައި ބުނީ, ހަލާލު ގޮތުގައި މުދާ ހޯދުމަކީ އަހަރެމެންގެ މުދަލުގައި މާތް الله ބަރަކާތްލައްވާނޭ ކަމެއް ކަމަށާއި އަހަރެމެންގެ އަމަލުތައް މާތް اللهގެ ހަޒުރަތުގައި ގަބޫލުވެވޭނެ ކަމެއް ކަމަށެވެ. އަދި އެއީ ހަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށްވެސް ބުންޏެވެ.
އޭގެ ބަދަލުގައި ހަރާމް ގޮތުގައި މުދާ ހޯދުމަކީ އަހަރެމްނގެ މުދަލުގެ ބަރަކާތްކެނޑި, އަމަލުތައް ގަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެއް ކަމަށާއި ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަން ނެތޭނޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

2 Comments
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: