އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލެބޯޓްރީގައި, އެ ރަށެއްގެ ފެންވަރުގައި ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު, ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި, ނޫމަރާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ސިއްހީ ދާއިރާއަކީ މި ސަރުކާރުން އެންމެ އިސްކަންދީގެން ތަރައްގީކުރާ އެއް ދާއިރާ ކަމަށެވެ. އެގޮތުން އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ސިއްހީ ދާއިރާއަށް އިސްކަންދީގެން މިހާރުވެސް ކުރިއެރުންތައް ހޯދަމުން ގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ލެބޯޓަރީގެ ހިދުމަތް ދިނުމަށް އެދެމުންދާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ބޭނުންވާ ވަސީލަތްތަކާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ހައްދަވައިދެއްވާނެ ކަމަށެވެ. އޭގެ ދަށުން ނޫމަރާގައި މިހާރު ހުރި ލެބޯޓަރީއަށް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ހަމަކޮށް ނިންމައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ނޫމަރާއަށް ކުރެއްވި ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތުން އެ މަނިކުފާނު އެ ރަށަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް ފެބްރުއަރީ 2024 ގައި ށ. އަތޮޅުގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ނޫމަރާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވި އެވެ.




3 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް