ށ. ބިލެތްފަހި އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.
ބިލެތްފަހީގައި އެއާޕޯޓެއް އަޅާނެ ކަމަށް ފުރަތަމަ އިއުލާންކުރީ ކުރީގެ ރައީސް އަބްދުالله ޔާމީނެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިލެތްފަހީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކަން ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކުރި އެވެ. އެއީ 42 މިލިއަން ޑޮލަރު (654 މިލިއަން ރުފިޔާ) އަށެވެ.
އޭގެ ފަހުން މި ސަރުކާރުން ވަނީ އޭޕްރިލް 2024 ގައި ބިލެތްފަހީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 256 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީ އާއެކު އޭރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބިލެތްފަހީގައި 1.5 ކިލޯމީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓަށް ބޭނުންވާ ޕަސެންޖާ ޓާމިނަލް އާއި އޮފީސް އިމާރާތް އަދި ފަޔާ ބިލްޑިން ހަދައި, އެއާފީލްޑް ލައިޓިން ސިސްޓަމްވެސް ގާއިމުކުރުން ހިމެނެ އެވެ.
އެ މަސައްކަތް ނުފެށި އުޅެނިކޮށް ށ. އަތޮޅުގެ ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން އެ ރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. އަދި އެއާޕޯޓުގެ އަމަލީ މަސައްކަތްވެސް އިއްޔެ ވަނީ ފަށައިފަ އެވެ.
އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ, 30 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ނިންމައި ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މަޝްރޫއުއާ ގުޅޭ އެއްވެސް ތަފުސީލެއް އެމްއޭސީއެލް އަދި ސަރުކާރަކުން ހާމައެއް ނުކުރެ އެވެ.




42 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!