ނޮވެމްބަރ 28, 2025

ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ

ށ. ބިލެތްފަހި އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.

ބިލެތްފަހީގައި އެއާޕޯޓެއް އަޅާނެ ކަމަށް ފުރަތަމަ އިއުލާންކުރީ ކުރީގެ ރައީސް އަބްދުالله ޔާމީނެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިލެތްފަހީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކަން ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކުރި އެވެ. އެއީ 42 މިލިއަން ޑޮލަރު (654 މިލިއަން ރުފިޔާ) އަށެވެ.

އޭގެ ފަހުން މި ސަރުކާރުން ވަނީ އޭޕްރިލް 2024 ގައި ބިލެތްފަހީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 256 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީ އާއެކު އޭރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބިލެތްފަހީގައި 1.5 ކިލޯމީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓަށް ބޭނުންވާ ޕަސެންޖާ ޓާމިނަލް އާއި އޮފީސް އިމާރާތް އަދި ފަޔާ ބިލްޑިން ހަދައި, އެއާފީލްޑް ލައިޓިން ސިސްޓަމްވެސް ގާއިމުކުރުން ހިމެނެ އެވެ.

އެ މަސައްކަތް ނުފެށި އުޅެނިކޮށް ށ. އަތޮޅުގެ ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން އެ ރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. އަދި އެއާޕޯޓުގެ އަމަލީ މަސައްކަތްވެސް އިއްޔެ ވަނީ ފަށައިފަ އެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ, 30 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ނިންމައި ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މަޝްރޫއުއާ ގުޅޭ އެއްވެސް ތަފުސީލެއް އެމްއޭސީއެލް އަދި ސަރުކާރަކުން ހާމައެއް ނުކުރެ އެވެ.

42 Comments

  • Ram Eez އޮކްޓޯބަރ 14, 2025

    އާން ދެން ނެގޭ އަހަރު ފެނަކައާ ހާވާލުކުރޭ

  • Al Faalil އޮކްޓޯބަރ 14, 2025

    Midhiya aharu domestic
    Miaharu international 🤣🤣🤣

  • Raashidh Ahmed އޮކްޓޯބަރ 14, 2025

    Ahna aharu

    • Angel De Rd Rose އޮކްޓޯބަރ 14, 2025

      Raashidh Ahmed raees office aa

    • safeeru އޮކްޓޯބަރ 14, 2025

      Raashidh Ahmed ,2026 ga IGMH aa havaalu kuraane

    • Ahmed Firaq އޮކްޓޯބަރ 14, 2025

      Raashidh RDC

  • Haamidha Haamidha އޮކްޓޯބަރ 14, 2025

    އަންނައަހަރު ހަވާލުކުރާނީ ފެނަކަ ޔާ

  • Aminath Raaha އޮކްޓޯބަރ 14, 2025

    Anna aharu thi than alhugandaai havaalu kollaathi ingey 🤭

    • Athy Pha އޮކްޓޯބަރ 14, 2025

      Aminath Raaha masala eh neiy hawaal kuraanah ok 🤣

      • Aminath Raaha އޮކްޓޯބަރ 14, 2025

        Athy Pha 🤭🤭🤭

  • Adam Sharyf އޮކްޓޯބަރ 14, 2025

    Balaaehnu Ras Ammaday Ibrahim Sunil😂😂

  • Abdullaa Shareef އޮކްޓޯބަރ 14, 2025

    Adhi mrdc onnaane noon

  • Anas Nafiz އޮކްޓޯބަރ 14, 2025

    Mi anna aharu fenaka aa havaalu vaane, be ready guys.

  • Shuaib Naseer އޮކްޓޯބަރ 14, 2025

    Thithan nimmaanee hajju corporation in

  • Muhei Min އޮކްޓޯބަރ 14, 2025

    Maadhama goma groupaa havaalu kollaa. Aharunnah heyo.

  • Ali Lubab އޮކްޓޯބަރ 14, 2025

    ރައްޔިތުންގެ ލާރިން، އިޢުލާން ކުރުމަކާއި ނުލައި ،ނުވަތަ ވޯޓަކާ ނުލާ އައްޔަން ކުރެވޭ ކޮންމެ ވަޒީފާއަކީ ކޮރަޕްޝަން. ބިޑަކާ ނުލައި ހަވާލުކުރާ ކޮންމެ މަސައްކަތަކީ ކޮރަޕްޝަން.
    ގައުމުގެ ޒުވާނުންނަށް މިކަން ބުނެދޭން ޖެހޭ.

  • Sun Kuday އޮކްޓޯބަރ 14, 2025

    ވަގެއް

  • ارشي ام زيدان އޮކްޓޯބަރ 14, 2025

    Anna aharu mashaa havaalu kohfiyyaa 1 gadi irutherey nimeyne kamah balaafa havaalukohba

  • Zahira Hasan އޮކްޓޯބަރ 14, 2025

    Dhauru nimendhen havaalukurumuga🤣

  • Moosa Rafeeu އޮކްޓޯބަރ 14, 2025

    Anna Aharu wamco Aa

  • Hassan Imdhaadh އޮކްޓޯބަރ 14, 2025

    dhen havaalu kurey Velentino Makku aaa dho Mahmood Mohamed

    • Mahmood Mohamed އޮކްޓޯބަރ 14, 2025

      Hassan Imdhaadh eyna varah farithavaane airport alhan

  • Leu Khalid އޮކްޓޯބަރ 14, 2025

    Anna aharu kon bayakaabaa havaalu kuraanee 🤔

    • Saudulla Ismail އޮކްޓޯބަރ 14, 2025

      Leu Khalid wamco aa.

  • LathYf އޮކްޓޯބަރ 14, 2025

    Anna aharu WAMCO ah

  • Choice Shah އޮކްޓޯބަރ 14, 2025

    މިކަހަލަ ތަރައްގީ މުއިއްޒު މިގެންނަނީ މާދަމާ ހަވާލުކުރޭ ވެމްކޯއަށް

  • Hassan Shimal އޮކްޓޯބަރ 14, 2025

    Dhen havaalu kuraanee wamco aaa

    • Mohamed Ifaaz އޮކްޓޯބަރ 14, 2025

      Hassan Shimal dhen havaalu kuranee kaley aa

  • Mariie Mohamed އޮކްޓޯބަރ 14, 2025

    Mi ahna aharu thithan fashaanee IGMH in tho ehcheh

  • Ahmed Shahid އޮކްޓޯބަރ 14, 2025

    ބިލެއްފަހި އެއާޕޯޓު ހަވާލުކުރުން ހަމަޖެހުފައިވާގޮތް.

    2026 – އެސްޓީއޯ ޔާ
    2027 – ވެމްކޯ ޔާ
    2028 – އާސަންދަ ޔާ

    • Schif Shif އޮކްޓޯބަރ 14, 2025

      Ahmed Shahid 😂😂😂😂

    • Ismail Shafeeu އޮކްޓޯބަރ 15, 2025

      Ahmed Shahid mashah feney kae podcast kuran fashan..

  • Aishath Inaa އޮކްޓޯބަރ 14, 2025

    Dhen anna aharu havaalu kurey wamco aa aneh aharu havaalu kurey islamic ministry aa 🤦🏼‍♀️

  • Abdulla Mv އޮކްޓޯބަރ 14, 2025

    2027 ga BML aa

  • Aslam Nazim އޮކްޓޯބަރ 14, 2025

    Anna aharu MMPRC ah

  • Milandhoo Asurumaa އޮކްޓޯބަރ 14, 2025

    Koacheh olhuvaalan. MTCC aa havaalukuree survey koh design kuran ekani. Amalee masaikatheh noon

  • Mohamed Nixam އޮކްޓޯބަރ 14, 2025

    Abdul Muhaimin Mujuthaba

  • Sobira Aboo Bakuru އޮކްޓޯބަރ 14, 2025

    ދެން ކަރަންޓް ބިލް ވާނެގޮތް ބޮލިސްޓޭސަން ހަދަން ހަވާލު
    ކުރީ ފެނަކަޔާ

  • Mohamed Nafiu އޮކްޓޯބަރ 14, 2025

    aharaku bayakaa dhw havaal kuranee havaal kuraa konme faharaku ethah satheyka million eh dhw

  • Mariyam Naeema އޮކްޓޯބަރ 14, 2025

    Saabahey. Kuriah kuriah. Alhanveenu floating airport eh. Eyrun speed ferry gothah faharaku rashakah jassanun dhaanee. Salhivaane. Mee rangalhu visnumeh noontha. Aguheyo vaane, kharadhu kudavaane.

  • Yaanteyz De Angelo އޮކްޓޯބަރ 15, 2025

    Dhen anna aharu havaalu kurey Makunudhoo Bandiyaa group aa 🥴

  • Shaheema Ismail އޮކްޓޯބަރ 16, 2025

    Anna aharu mifco ah

Leave a Reply to Leu Khalid Cancel reply