މުމްބާއީ: އިންޑިއާގެ ހުޅަނގުގައި އޮންނަ ރާޖަސްތާނުގައި ދަތުރުކުރަމުންދިޔަ ބަހެއްގައި އަލިފާން ރޯވެ 20 މީހުން މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖައިސަލްމާރުން ޖޯދްޕޫރަށް ދަތުރު ކުރަމުންދިޔަ އެ ބަހުގައި 50 މީހުން ދަތުރު ކުރި އެވެ. އޭގެ ތެރެއިން 19 މީހުން ބަސް ތެރޭގައި ފިހިގެން މަރުވެފައިވާއިރު, އެކަކު މަރުވީ ޖޯދްޕޫރުގެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަހުން ސަލާމަތްވި މީހުންގެ ތެރެއިން ދެ ކުޑަކުދިން ހިމެނޭހެން 15 ޕަސެންޖަރެއްގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުގެ 70 ޕަސެންޓް ފިހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެންޑީޓީވީއަށް މައުލޫމާތު ދިން ފުލުސް އޮފިސަރަކު ބުނި ގޮތުގައި, ބަހުގައި އަލިފާން ރޯވީ ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނޫނެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް 200,000 ރުޕީސް އަދި އަނިޔާވި މީހުންގެ އާއިލާތަކަށް 50,000 ރުޕީސް ދޭނެ ކަމަށް ބުނެފަ އެވެ.




ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15