އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ދެވޭނެ ނިޒާމެއް ޤާއިމުކޮށް, އިންކްލޫސިވް ކުލާސްރޫމްތައް ހެދުމުގެ މަޝްރޫޢުއެއް ހިންގަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް މީގެ ކުރީން އެދެވޭ ފެންވަރަކަށް ތައުލީމީ ގޮތުން ކަންތައްތައް ހަމަޖައްސައި ދެވިފައި ނެތް ކަމަށެވެ.
އެގޮތުން ތަޢުލީމީ ދާއިރާގެ ތެރެއިން ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ގޮތަށް އެ ކުދިންނަށް ބޭނުންވާ ސަމާލުކަން ދެވޭނެ ކޮންމެވެސް ވަރެއްގެ ނިޒާމެއް އޮތް ނަމަވެސް އެ ނިޒާމު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ފުރިހަމަ ކުރެވިފައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
”މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދެން. މިހެން ތިބި ހުރިހާ ކުދިންނަށް ބޭނުންވާނެ ތައުލީމު ދެވޭނެ ނިޒާމު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެފަދަ ކުދިން ތިބި ކަމަށްވާނަމަ އެކަން ހަމަޖައްސައިދޭން, އެ ނިޒާމު ގާއިމުކޮށްދޭން“
”ބަޖެޓުގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ކޮންމެ ރަށެއްގައިވެސް ނިސްބަތުން މި ދެންނެވި ގޮތަށް ހާއްސަ އެހީ ބޭނުންވާނެ, ހުރިހާ ގޮތަކުން ކޮންމެ ގޮތަކަށް ބެލިކަމަށްވާނަމަވެސް ހާއްސަ އެހީއަށް ބޭނުންވާނެ ކުދިންނަށް ތައުލީމު ފުރިހަމައަށް ދެވޭނެ ގޮތް އެ އިންކްލޫސިވިޓީ ގެނެވޭނެ ގޮތަށް ކުލާސްރޫމް ގާއިމުކޮށްދިނުމާއި އެކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކޮށްދިނުމާއި މިކަން ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ބަޖެޓުގައި އެބަ ހިމަނަން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, ކޮންމެ ރައްޔިތަކީވެސް އެ މަނިކުފާނަށް ހަމަހަމަ ރައްޔިތެއް ކަމަށާއި އެ ރައްޔިތެއްގެ ގައިގައި ހުންނަ ސިފައަކުން ނުވަތަ ހުންނަ އުނިކަމެއްގެ ސަބަބުން އެއްވެސް ޙިދުމަތެއް ދިނުމުގައި ތަފާތުވެގެން ނުވާނެ ކަމަށާއި އަދަލުވެރިވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.




1 Comment
ގުޅުންހުރި
ރައީސް ޔޫކޭއަށް، މި އަހަރުގެ ތެރޭ ޔޫކޭއަށް ކުރައްވާ ތިންވަނަ ދަތުރުފުޅު
ރޯދައިގެ ކުރިން އާ 15 މިސްކިތެއް ހުޅުވޭނެ: ރައީސް
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް