ޑިސެމްބަރ 6, 2025

ނަޝީދުގެ ހިޔާލެއް: އައްޑޫގައި ވަޒީފާ އަދާކުރާ ގޮތަށް ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދޭންވީ

އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މި މަހު ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީ ބައިބައި ކުރުމުން ވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އައްޑޫގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑަށް ފެންނަ ގޮތުގައި، ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް. އިސްލާމީ އުންމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުން، ޑޮކްޓަރުން، ޓީޗަރުން އަދި މި ނޫންވެސް ފަންނަނީ މީހުން ބައިވަރު،“ ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސިޔާސަތަކާއެކު އައްޑޫއަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ ކަމަށެވެ.

12 Comments

  • Middleton Edward އޮކްޓޯބަރ 20, 2025

    Maves thaaidhu

  • Aly Rayan އޮކްޓޯބަރ 20, 2025

    bro, kenery geyga thikan hingan feney!

  • Thuhthu Kujjaa އޮކްޓޯބަރ 20, 2025

    Boaanjeheyne boven jeheyne tharaggee mee

  • Ibrahim Mohamed އޮކްޓޯބަރ 20, 2025

    Thi gotha phalasdheen meehun yahoodheenah vazeefa dheefa dhee hurihaa kame kury mihaaru balaaba vaa goiy.

  • Imran Jaufar އޮކްޓޯބަރ 20, 2025

    Beyru meehunah mi gaumu nudhevigen anadhu ulhey haivaanekey mi

  • Moosa Ali Didi އޮކްޓޯބަރ 20, 2025

    Verikamugaves nuvegen ulhunu kameh, beynumakee ehen dheenthakuge meehun genaun, dhen onnaanee emeehunge hahggu hoadhaidhinun, emeehun boan beynunvaa dhiyaa ehchchehi liben hurumaai, alhukankuraa thanthan hedhun, mihaaru ves e othee beyru qaumuthakuge pri school thah genes kudakudhinnah dhivehibas neyge goiy hadhaafa, dhuvadkolhakun dhivehin vaahaka dhahkkan engey meehaku mi qaumuga nuhunnaane.

  • Shabana Sha Baā އޮކްޓޯބަރ 20, 2025

    Mi qaumah dhen enme beynunvegen nuvefa oiy kamakee theetha?

  • Ahmed De Ahmed އޮކްޓޯބަރ 20, 2025

    Mikalo ahu…!!!

  • Riyaz Mohamed އޮކްޓޯބަރ 20, 2025

    އައްޑޫއިން ބޭރު ނުވެވޭ ދިވެހި ބޭރު މީހުން ؟ މިއަދު ދިނިއް ޔާ މާދަން ކޮން މެވެސް މީހެއްގެ ބޮޑުކުން ފުންޔެއްގަ މަސައްކަތް ކުރާނި މާލޭގަ ! ގެވެސް ފަޅުވެސް ފުލެޓުވެސް ހުން ނާނެ ؟ ގެރެންޓީ

  • Moosa Shamil އޮކްޓޯބަރ 20, 2025

    Nujehey beyru meehunnah dhivehi rayyithukan dheykah… Kaafarunnah dhivessaka v ma dhen emeehun govan fashaane budhu fallhi alhaidheyn. Emeehunves govaane thimanmen ves mee dhivehi rayyithekey

  • Abdul Haleem Abdul Wahidh އޮކްޓޯބަރ 20, 2025

    Raees nasheedh ehcheh bunaa irah mi dheeney munjey mi govany mi hen govaa myhun 5 vaguthu naalhaa miskithuga tha thibeyny.munjey vydhrny

  • IR Ibbe އޮކްޓޯބަރ 20, 2025

    Mi balaaverikamunves neiy nimeykah.

Leave a Reply to Imran Jaufar Cancel reply