ބަނގުރަލާ ގުޅޭ ދެ މައްސަލައެއްގައި ހަތް ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ހަތް ބިދޭސީންގެ ތެރެއިން ހަތަރު ބިދޭސީން ހައްޔަރުކުރީ ބަނގުރާ ގެންގުޅެ, ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި މަހުގެ 16 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނޭޕާލްއަށް ނިސްބަތްވާ ތިން އަންހެނަކާއި ފިރިހެނެކެވެ.
ފުލުހުން ބުނީ, އެ ހަތަރު މީހުން ތިބި އެޕާޓްމަންޓް ބަލައިފާސްކުރި އިރު, ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ދެ ފުޅި ފެނިފައިވާ ކަމަށެވެ.
ދެވަނަ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ.
ފުލުހުން ބުނީ, އެ މީހުން ހައްޔަރުކުރީ މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް, ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 29 ފުޅިއާއި ފަސް ލީޓަރުގެ ފުޅިއަކާއި ތިން ޓައްޕު ފެނިފައިވާ ކަމަށެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.




ގުޅުންހުރި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ