ރިސޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީގެ ހަންކެޑެގެ ބިމުގެ ސައިޒް ބޮޑުކޮށް، އަލުން އެތަން ޓޫރިޒަމަށް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެ ކުރީން ކުރި އިއުލާނުގައިވާ ގޮތުން ހަންކެޑެގެ ބޮޑުމިނަކީ 7.06 ހެކްޓަރެވެ. ނަމަވެސް މިއަދުގެ އިއުލާނުގައި ހަންކެޑެގެ ބޮޑުމިނަކީ 11.78 ހެކްޓަރެވެ.
ހަންކެޑެގައި ތަރައްގީކުރަނީ 1،000 އެނދުގެ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެކެވެ. ހަންކެޑެގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލާފައިވާ އިރު، އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ މިނިސްޓްރީގެ އީމެއިލް proposals@tourism.gov.mv އަށް އީމެއިލްކޮށްގެން ސާފުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ހަންކެޑެގައި ރިސޯޓު ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވައިދުގެ ތިންވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު ނެރުނު އިއުލާނަށް އިސްލާހު ގެނެސްގެންނެވެ.
ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން އިއުލާންކުރައްވައިފައެވެ. އަދި އައްޑޫ ސިޓީގެ ހަންކެޑެ އަކީ ”ހަލާލް ޓޫރިޒަމް“އަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.




2 Comments
ގުޅުންހުރި
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނިހާދު ސަސްޕެންޑްކޮށްފި
1.88 މިލިއަން ޓޫރިސްޓުންނާއެކު މިދިޔަ އަހަރުގެ ރެކޯޑް މުގުރާލައި އާ ރެކޯޑެއް!
ފަތުރުވެރިކަން ނެތް ސަރަހައްދުތަށް ތަރައްގީ ކުރުމަށް، 200 މިލިޔަން ރުފިޔާ ދޫކުރަނީ
ރިސޯޓު ހެދުމަށް 14 ރަށަކާއި 3 ފަޅެއް ކުއްޔަށް ދޫކުރަނީ