އިންނާނެ ކުއްޖަކު ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި އޭގެ ބޭނުންކުރި މީހަކު ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ޖަލަށް ލާފައިވަނީ ރ. ހުޅުދުއްފާރު/ ސަރާ، މުހައްމަދު އަހްސަން އެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، އެކި ދުވަސް މަތީން ރ. ހުޅުދުއްފާރު/ މީނާޒް، އިބްރާހީމް މުހައްމަދު ކައިވަނި ކުރާނެ މީހަކު ހޯދައިދޭނެ ކަމަށާއި އޭނާއާ ކައިވަނިކުރަން އާއިޝަތު ކިޔާ ކުއްޖެއް ހުރި ކަމަށާއި އިބްރާހީމް މުހައްމަދާ ކައިވެނިކުރަން އޭނާ ގަބޫލުކަމަށާއި ކައިވެނި ކުރުމަށްޓަކައި ހުޅުދުއްފާރަށް އާއިޝަތު ގެނެސްދޭނެ ކަމަށާއި އާއިޝަތުގެ ބޭނުންތަކަށް ފައިސާ ބޭނުންވާ ކަމަށް ބުނެ މަކަރާއި ހީލަތުން އިބްރާހީމް މުހައްމަދުގެ އަތުން 16،000 ހޯދައި އޭގެ ބޭނުންކޮށްފައިވާ ކަމަށެވެ.
ދައުލަތުން ކުރި ދައުވާއަށް މުހައްމަދު އަހްސަން ވަނީ އިއުތިރާފު ވެފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ސުވާލު ކުރުމުންވެސް، އެއްވެސް މަޖުބޫރު ކަމެއް ނެތި ބިރު ދެއްކުމެއް ނެތި ބުއްދި ސަލާމަތުންހުރެ އަމިއްލަ އިހުތިޔާރުގައި އެކަމަށް އިއުތިރާފުވާ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
އެހެންކަމުން އިންނާނެ މީހަކު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި އެ ފައިސާ ބޭނުންކޮށްފައި ވާތީ، މަކަރާއި ހީލަތް ހެދުމުގެ ކުށުން އަހްސަން ކުށްވެރިވާ ކަމަށް ކަނޑައަޅައ،ި އެ ކުށުގެ އުގޫބާތެއްގެ ގޮތުން ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ރ. އަތޮޅު ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.




11 Comments
ގުޅުންހުރި
އިންތިހާބު ކުރަނީ ހިދުމަތް ކޮށްދޭން, ކަންތައްތައް ކޮށްދޭން ޖެހޭނީ ވޯޓާ ޖެހުނީމައެއް
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް
ކަންތައްތަކެއް ނުކޮށްދެވުނު ނަމަ ދެވަނަ ދައުރަކަށް ވޯޓު ހޯދާކަށް ނާންނާނަން: މޭޔަރު
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން