ޑިސެމްބަރ 18, 2025

ފައިސާ ފޭރިގެން މީހުން ފިލަން ބޭނުންކުރި ލޯންޗު ހޯދައި، 4 މީހަކު ހައްޔަރުކޮށްފިން: އިހުސާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފުންގެ އަތުން ފައިސާ ސޫޓް ކޭސް ފޭރިގެން މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ފަތިހު 4:45 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ބޭންކުގެ މުވައްޒަފުންގެ އަތުން ފައިސާ ސޫޓް ކޭސް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފައިސާ ސޫޓް ކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަން ޖެހޭ ޑޮލަރެވެ. އެ މީހުންނަށް ވަޅިން ބިރު ދައްކައި އެ ސޫޓް ކޭސް ފޭރިގަތީ ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ ވޯކްވޭ ތެރެއިން ކަމަށްވެސް އެނގިފައިވެ އެވެ.

އިތުރަށް އެނގިފައިވާ ގޮތުގައި ފައިސާ ހުރި ސޫޓް ކޭސް ފޭރިގެން މީހުން ފޭރިގަނެގެން އެ މީހުން އެރީ ވީއައިއޭގެ ޖެޓީ ކައިރިއަަށް އެ ވަގުތު ކައިރި ކޮށްފައި އޮތް ލޯންޗަކަށެވެ.

މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، ގެއްލުނު ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެ އެވެ.

މައްސަލައިގެ އިތުރު ތަފުސީލެއް ނުދީ މިނިސްޓަރު ވަނީ ތަހުގީގުގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި، ތަހުގީގުގައި ހޯދި އަވަސް ކުރިއެރުންތަކަށް ތައުރީފު ކުރައްވައިފަ އެވެ.

16 Comments

  • Mohamed Enzo އޮކްޓޯބަރ 27, 2025

    Mee dhogeh

  • Rameez Eez އޮކްޓޯބަރ 27, 2025

    ލޯންޗުވެސް ހައްޔަރުކުރޭ

  • Ayesha Rasheed އޮކްޓޯބަރ 27, 2025

    Hus dhogu koba dollaru thah . 4 meehaku hayyaru kollaafa ehchekaa kiyanee

  • Majid Ahmed އޮކްޓޯބަރ 27, 2025

    Anehkaa dhaulathuge muasasaakun musaara libey meehaku nehta

  • Majid Ahmed އޮކްޓޯބަރ 27, 2025

    އިބްނި ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. އެއްދުވަހަކު ބައިތުލްމަޤުދިސްގެ އޮޅިކޮޅުމަތިން އިބްލިސް އީސާގެފާނާއި ބައްދަލު ކުރިއެވެ. އެހިނދު އީސާގެފާނު ވިދާޅުވިއެވެ. “އޭ މަލްޢޫން ކަލޭގެޔާއެވެ. މޫސާގެފާނުގެ އުންމަތުގެ މީހުންނަށް ކަލޭހެދީ ކިހިނެއްހެއްޔެވެ.؟” އިބްލިސް ބުންޏެވެ. “ޔަހޫދިއްޔަތުން އެބައިމީހުން މަގުފުރެއްދީއެވެ.” ދެން އިސާގެގާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ކަލޭހަދާނީ ކިހިނެއްހެއްޔެވެ.؟” އިބިލިސް ބުންޏެވެ. “އެމީހުންގެ ކަލާނގެއަކަށް ކަލޭގެފާނު ހެދުމަށް ވަސްވާސްދޭހުށީމެވެ.” ދެން އީސާގެފާނު ވިދާޅިވިއެވެ. “މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންނާއިމެދު ކަލޭ ކަންތައްކުރާނީ ކިހިނެެއްހެއްޔެވެ.؟” އިބްލީސް ބުންޏެވެ. “އެމީހުންގެ މައްޗަށް ބާރެއް ނެތެވެ. އެކަމަކު އެބައިމީހުންގެ ހިތްތްކަށް ދީނާރާއި ދިރުހަމްގެ ލޯބި ވައްދާހުށީމެވެ. لا إله إلا الله ކިޔުމަށްވުރެ އެބައިމީހުންގެ ގާތުގައި މަގުބޫލް ކަމަކަށް ފައިސާ ހަދާހުށީމެވެ.”

    ވަހަބު ބުން މުނައްބަހު ވިދާޅުވެފައިވެއެވެ. ދީނާރާއި ދިރުޙަމް ޖެހުމުން އިބްލިސް އެއެއްޗެހި ނަގައި އޭގައި ބޮސްދީފައި ބުންޏެވެ. މިއީ އަހަރެންގެ ހަތިޔާރެވެ. މިއީ އަހަރެންގެ ލޮލުގެ ފިނިކަމެވެ. މިއީ އަހަރެންގެ ހިތުގެ ހިތްހަމަޖެހުމެވެ. ފައިސާ މެދުވެރިކޮށް އާދަމުގެ ދަރީން މަގުފުރައްދާހުށީމެވެ. ފައިސާ މެދުވެރިކޮށް އާދަމުގެދަރީން ކާފިރުކުރާ ހުށީމެވެ. ފައިސާގެ ސަބަބުން އަހުރެންދެކެ އާދަމުގެ ދަރީން ލޯބިވާ ހުއްޓެވެ.

  • Schaum Xayihs Demahom އޮކްޓޯބަރ 27, 2025

    Dollar noon hurihaa ehche fennaane

  • Ali Ramiz އޮކްޓޯބަރ 27, 2025

    Kobaahey emeehunge photo adhi loanch photo?

  • Farishath Fathimath އޮކްޓޯބަރ 27, 2025

    Hus fake

  • Raz Usman އޮކްޓޯބަރ 27, 2025

    Manikufaanu isthiufaa dheinveenun tho

  • Amir Ali އޮކްޓޯބަރ 27, 2025

    އިހުސާން ކޮބާހޭ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30,000 ޑޮލަރު

  • Mohamed Hameed Umarube އޮކްޓޯބަރ 27, 2025

    Dollar kolhu libihjetho!

  • Fathmath Hassan އޮކްޓޯބަރ 27, 2025

    Faisaa athuvitha ?

  • Ahmed Ahmed އޮކްޓޯބަރ 27, 2025

    Wow😳 haadha molhey myna🤣

  • Mariyam Didi އޮކްޓޯބަރ 27, 2025

    އައްޕަތުރޭއަށްދެން ވަޗަސް

  • مريم عبد الغفور އޮކްޓޯބަރ 27, 2025

    Fail v , mundu thiothy boluga elhifa!

  • Ahmed Zaatte އޮކްޓޯބަރ 28, 2025

    Fuluhun kuraa kan kan iulaan kuran media coordinator e ethaanga hunna iru. Siyaasee gothuna ayyan koffa hunna ministr ekan kamuge bas ivveega neh evves kahala professional kame.

Leave a Reply to Majid Ahmed Cancel reply