ޑިސެމްބަރ 20, 2025

2026ގެ ބަޖެޓް: ރައީސްގެ ރަސްމީ ގެކޮޅަށް 34 މިލިއަން, މަހަކަށް 2.8 މިލިއަން ރުފިޔާ!

އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ރައީސް އޮފީހުގެ ހަރަދުތަކަށް އިތުރު 34 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތަފުސީލުގައިވާ ގޮތުން ރައީސް އޮފީހަށް އަންނަ އަހަރު ކަނޑައަޅާފައިވަނީ 240 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ފާސްކުރި ބަޖެޓަށްވުރެ 34 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރުގެ ބަޖެޓުގައި ރައީސް އޮފީހަށް ދީފައިވަނީ 206 މިލިއަން ރުފިޔާ އެވެ.

ރައީސް އޮފީހަށް ކަނޑައަޅާ ބަޖެޓުން ހަރަދު ކުރާނީ ރައީސް އޮފީހަށާއި ރައީސްގެ ރަސްމީ ގެކޮޅުގެ އިތުރުން ނައިބު ރައީސްގެ ރަސްމީ ގެކޮޅަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 192 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މި އަހަރަށް ފާސްކުރި 167 މިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 25 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ރައީސް އާއި ނައިބު ރައީސްގެ ގެކޮޅަށް ކަނޑައެޅި އަދަދުވެސް ވަނީ އިތުރުކޮށްފަ އެވެ.

އެގޮތުން ރައީސްގެ ރަސްމީ ގެކޮޅަށް މިދިޔަ އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ކަނޑައެޅި އިރު, މި އަހަރުގެ ބަޖެޓުގައި ރައީސްގެ ރަސްމީ ގެކޮޅަށް ހަތަރު މިލިއަން އިތުރުކޮށް, ކަނޑައަޅާފައިވަނީ 34 މިލިއަން ރުފިޔާ އެވެ. އެއީ ކޮންމެ މަހަކަށް 2.8 މިލިއަން ރުފިޔާ އެވެ.

ނައިބު ރައީސްގެ ރަސްމީ ގެކޮޅަށް މި އަހަރު 10 މިލިއަން ކަނޑައެޅި އިރު, އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 14 މިލިއަން ރުފިޔާ އެވެ. މިއީ ހަތަރު މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މަހަކަށް ބަލާނަމަ މިއީ 1.1 މިލިއަން ރުފިޔާ އެވެ.

13 Comments

  • Ali Nafiu ނޮވެމްބަރ 4, 2025

    Nulibey laari akah thee body varu

  • Nasfa Naseer ނޮވެމްބަރ 4, 2025

    Pis pis….

  • Hawwa Zahira ނޮވެމްބަރ 4, 2025

    Evarun fudheyne baa!!!!

  • Zahira Hasan ނޮވެމްބަރ 4, 2025

    Kitheme bunyas geakuge kharadhan mahaku thiyavaru konkamen kongenbaahuskuraani thiyavaruves madhuvaani nikamethi ranyathun gefaisaa verikaman erey meehun thalhaavissan heuvaanikihene

  • Fathimath Azra ނޮވެމްބަރ 4, 2025

    Nudhaane evareh. Qabooleh nukurevey

  • Aminath Shiyaana ނޮވެމްބަރ 4, 2025

    Subuhanallahi

  • Leu Khalid ނޮވެމްބަރ 4, 2025

    Haadha kuda ethi kolheh

  • Fathimath Thaath ނޮވެމްބަރ 4, 2025

    Subuhaanahah nallah🤦‍♀️

  • Ibrahim Abdul Rahmaan ނޮވެމްބަރ 4, 2025

    Dheenee kameh?

  • Saudulla Ismail ނޮވެމްބަރ 4, 2025

    Dhuvaalakah 9 lakka 33 haas veema bodeh noon.

  • Ibrahim Naeem ނޮވެމްބަރ 4, 2025

    Faiz Ahmed🤭😎

  • Aishath Zara ނޮވެމްބަރ 4, 2025

    Adhi madhu

  • Fathuhulla Fatthay ނޮވެމްބަރ 5, 2025

    ހާދަކުޑަ އަދަދެކޭ ދިވެހިންގެ ރާޖާ

Leave a Reply to Fathimath Thaath Cancel reply