ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު ގުޅިއެއް!

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި އެވެ.

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު އަހަރު, މާޗު 2023ގައެވެ. ނަމަވެސް ވެރިކަން ނިމުނުއިރު އެ މަޝްރޫއުގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ.

އެހެން އޮއްވައި އޭގެ އަހަރެއް ފަހުން މި ސަރުކާރުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި އެވެ. އެ މަސައްކަތް ފެށީ ކުރީ ސަރުކާރުން ހަވާލުކުރި ގޮތަށެވެ.

އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިމެއް ގުޅީއަށް ވަނީ އިތުރުކޮށްފަ އެވެ. އަދި އެ ބިން ހިމާޔަތްކުރުމަށް 749 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި 325 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓަކާއި 77 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

އެމްޓީސީސީއާއި މި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން މި މަޝްރޫއުގެ އަގަކީ 83 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަދު އެމްޓީސީސީން ބުނި ގޮތުގައި އެ މަޝްރޫއުއަށް އިތުރަށް 6.6 މިލިއަން ރުފިޔާ ހަރަދުވެ, މަޝްރޫއުގެ އަގަކީ 89.6 މިލިއަން ރުފިޔާއަށް އެވެ.

2 Comments

  • Moona Moony ނޮވެމްބަރ 13, 2025

    Baeh kudhin hithuga jehi baeh meehun ufaakuraane goathi libunas ge eh hedhumakee hama ehaa bodu kamakah vaane

  • Abdul Hafeez ނޮވެމްބަރ 13, 2025

    Dhe guna bodu gulhi eh? Ei jessumaka tha ehen liyefa? E noon ehen gothaka nuliyevey?

Leave a Reply to Moona Moony Cancel reply