ދިވެހި ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއެކު މާލޭ މީހުންނަށް ފްލެޓާއި ގޯތި ލިބޭ ދެ ސްކީމެއް މިރޭ އިއުލާންކޮށްފި އެވެ.
”ބޯހިޔާވަހިކަން އެންމެންނަށް“ގެ ނަން ދީފައިވާ މި ސިޔާސަތު އިއުލާން ކޮށްދެއްވީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ އުޑުވިލާ ކޮންފަރެންސް ހޯލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން:
- މާލީ ގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުސޫލުން ހައުސިން ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށް ފުރުސަތު ދެވޭނެ
- މެދު ފަންތީގެ އާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓްތައް ހިންގޭނެ
- އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެ
- އަދި އެންމެ ފަގީރު ހާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެ
މި ރަސްމިއްޔާތުގައި ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން މާލޭ މީހުންނަށް ފްލެޓާއި ގޯތި ލިބޭ ދެ ސްކީމެއްވެސް ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން ފްލެޓް ދިނުމަށް ދެ މޮޑެލްއެއް ހަދާފައިވެ އެވެ. އެއީ އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް އަދި ރެންޓު-ޓު-އޯން މޮޑެލް އެވެ.
އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލްއަށް ކުރިމަތިލެވޭނީ ހައުސިން ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް ފެސިލިޓީއަކަށް ޝަރުތު ހަމަވާ އަދި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ ފަރާތްތަކަށެވެ.
ރެންޓު-ޓު-އޯން މޮޑެލްގެ ޝަރުތަކީ 60,000 އަށްވުރެ މަހު އާމްދަނީ ދަށް މީހަކަށްވުމެވެ.
ގޯތި ސްކީމަށް ކުރިމަތިލެވޭނީ މާލެ ރަށްވެހިންނާއި މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށެވެ. އޭގެ ތެރެއިން މާލޭ ރަށްވެހިންނަށް ގޯތި ދޭން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދު އަދި ރަސްމާލެއިންނެވެ. އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޭން ނިންމާފައިވަނީ ރަސްމާލެއިންނެވެ.




3 Comments
ގުޅުންހުރި
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!
އަހަރުގެ ފުރަތަމަ 6 ދުވަސް: 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ
އާސަންދަ އޮތީ ލަންކާ ހޮސްޕިޓަލަށް 70 މިލިއަން ރުޕީސްއަށް ދަރާފައި، ހިދުމަތް
ނުރައްކާވާ މިންވަރަށް ވައި ނުސާފު ދުވަހެއް، ކުރިއަށް އޮތް 5 ދުވަސް
އުމްރާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ