ސިއްހީ ދާއިރާއިން މިހާރު ފަށާފައިވާ މަޝްރޫއުތަކާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ނިމުމުން މަދުކަމެއްގައި ނޫނީ ދިވެހިން ރާއްޖެއިން ބޭރަށް ސިއްހީ ހިދުމަތް ހޯދަން ދާކަށް ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ, މިދިޔަ ދެ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރެއްވި މަސައްކަތުގެ ތެރެއިން މާލެއަށް މުވައްޒަފުން ހޯދައިދީ, މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ
އަދި އަންނަ އަހަރުގެ ބަޖެޓުގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގައި ސްޕެޝަލިޓީ ވަރަށް ގިނަ ހިދުމަތްތައް ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
”އެކަންކަން ނިމިގެންދާއިރުގައި ދިވެހި ރައްޔިތުން ވަރަށް މަދުކަމެއްގައި ނޫނީ ރާއްޖެއިން ބޭރަށް ހިދުމަތް ހޯދާކަށް ދާކަށް ނުޖެހޭނެ,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 500 މިލިއަން ރުފިޔާ އަދި އެކްޓިވިޓީތަކަށް 331 މިލިއަން ރުފިޔާ އާއެކު ޖުމުލަ 831 މިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ކަމަށެވެ.




15 Comments
ގުޅުންހުރި
ބްރައިޓްމައިންޑްސްގެ ވެރިޔާއަށް ކުރަނީ ދެ އަހަރުވަންދެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު
20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި
މާދަމާއަކީ ރޯދައިގެ ފުރަތަމަ ދުވަސް: މައުމޫން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްޢަތު އަޔަންކުރަން ފާސްކޮށްފި
ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް
ރަމަޟާންމަހު މާލެ ސަރަޙައްދުގައި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅައިފި