އެ މަނިކުފާނުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް ފާއިތުވެދިޔަ ދެ އަހަރު ތެރޭ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބައްދަލުވުމުގައި ގިނަ މީހުން ފާހަގަކުރި ގިނަ ވާހަކަތަކުން މިދިޔަ ދެ އަހަރު ލޯކަލް ލެވެލްގައި ކައުންސިލުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކުރެވި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން އާޓިފިޝަލް ބީޗާއި ރަސްފަންނާއި ޕާކުތަކަކީ ކައުންސިލުން ބަލަހައްޓަންޖެހޭ ތަންތަނަށްވާއިރު, އެ މަނިކުފާނުގެ މޭޔަރުކަމުގައި އެ ތަންތަން ރަނގަޅަށް ބަލަހައްޓަމުން ގެންދިޔަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, މިދިޔަ ދެ އަހަރު ތެރޭ އެތައް ކަމެއް ނުވެ ހުރިތަން ފެނިފައިވާ ކަމަށާއި ނަމަވެސް ކައުންސިލަށް އެކަން ނުކުރެވޭނަމަ ސަރުކާރުން ހަވާލުވެގެންވިޔަސް އެކަންކަން ކޮށްދޭނެ ކަމަށެވެ.
”މި ކައުންސިލުން އެކަން ނުކުރެވޭ ކަމަށް ވަންޏާ، އަޅުގަނޑުމެންގެ އިރާދަކުރެއްވިއްޔާ ހަމަ ޕަބްލިކް ވޯކްސްއަށް ހަވާލުކޮށްގެން އެތާނގެ ފެންމާގަނޑު ހަދައިދިނުން ކަމުގައިވިޔަސް، ދެން ހުރި ކަންކަންވެސް ކުރާނަން،“ ރައީސް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލަށް ބޮޑު އާމްދަނީއެއް ލިބޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ދޭ ބްލޮކް ގްރާންޓުގެ އިތުރަށް 190 މިލިއަން ރުފިޔާގެ އާމްދަނީއެއް ސިޓީ ކައުންސިލަށް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ދުއްވާ ހުރިހާ ވެހިކަލެއްގެ ވެހިކަލް ފީ ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.




12 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް