ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަަލަށް ލެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.
އެ ބިލުގައިވާގޮތުން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމާއި ދުއްވަމުންދާ އުޅަނދުގެ ކޮންޓްރޯލް އެހެން ފަރާތަކާ ހަވާލުކުރުމުގެ ގޮތުން އޭގެ ހުންގާނު އޭގައި އިން އެހެން ފަރާތަކާ ހަވާލުކުރުމަކީ ކުށެކެވެ.
އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ، ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެއެވެ. އަދި އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 25،000 ރުފިޔާ އާއި 100،000 ރުފިޔާއިން ޖޫއިމަނާ ކުރެވޭނެއެވެ.
އޭގެ އިތުރުން އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެ ނަމަ، ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ހަމަ އެ އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، 25،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެއެވެ.




12 Comments
ގުޅުންހުރި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި