ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ގައުމުގައި އާންމު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސަނަޔަކަ ނެރުއްވި އަމުރުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އިއްޔެ އިން ފެށިގެން މުއްދަތެއް ނެތް ގޮތަށެވެ.
ލަންކާގެ އާންމު ސަލާމަތުގެ ގާނޫނުގެ ދަށުން ނެރުނު ކުއްލި އަމުރުގައި، އެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައިވަނީ މިހާރު ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން އާންމު ސަލާމަތާއި ގައުމީ ހަމަޖެހުން ރައްކާތެރިކުރުމެވެ.
މިއާއެކު މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ގަވާއިދުތައް ހިންގުމުގެ ބާރު ސަރުކާރަށް ވަނީ ލިބިފަ އެވެ.
ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ’ޑިޓްވާ‘ ތޫފާންގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެކެވެ. މިއީ ލަންކާގެ ތާރީހުގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި މޫސުމީ ކާރިސާ އެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ.




1 Comment
ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!