ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެ ކޮމިޓީން ވަކިކޮށްފި އެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލު އިއުލާން ކުރައްވައިފަ އެވެ. އަސްމާގެ ބަދަލުގައި ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.
އަސްމާ ވަކިކުރުމުން އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމު ހުސްވީ އެވެ. ކޮމިޓީގެ އާ މުގައްރިރެއް އަދި ކަނޑަނާޅަ އެވެ.
އަސްމާ ކޮމިޓީން ވަކިކޮށްފައި މި ވަނީ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންވާ ނަމަ، އެންގުމަށް އެދިވަޑައިގެން، އަސްމާ އޭނާގެ ދާއިރާގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.
އަސްމާ ވަނީ އެ މެސަޖާ ގުޅިގެން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
އޭނާ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާ ފޮނުއްވި މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާ ހުރެ ރައީސްއާ ސީދާ ސުވާލުކުރަން ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސްއާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފޮނުވި މެެސެޖެއް ކަމަށެވެ.




1 Comment
ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް