”ސިޓިންރޫމްގައި ފްރަންޓް އޮފީސް“ ހިންގަވަމުން ފުލުހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ވެރިކަމުގައި ހުންނަވައިގެން މަސައްކަތްކުރެއްވި ނަމަ، އޮންނާނީ ރައްޔިތުން އިތުބާރުކުރާ ފުލުހުންގެ މުއައްސަސާއެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރައްދުދެއްވައިފިއެވެ.
އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު އަނބުރާ ގެންނަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތް މިނިސްޓަރު އިހުސާން ނުކުރައްވާ ކަމަށެވެ. އަދި ފުލުހުން ދިފާއުކުރުމުގެ ޒިންމާ ވެސް އިހުސާން އަދާނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން އިހުސާން ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ އަދި ރައީސް ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ މުއައްސަސާއަކަށް ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.
”ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި ވަޑައިގެން ’ސިޓިން ރޫމްގައި ފްރަންޓް އޮފީސް‘ ހިންގަވަމުން ފުލުހުންގެ ވާހަކަދެއްކެވުމުގެ ބަދަލުގައި އެ ވެރިކަމުގައި ރައީސް އޮފީހުގައި ހުންނަވައިގެން އެކަން ކުރެއްވި ނަމަ، މިއަދު އޮންނާނީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރައްވާ ފުލުހުންގެ މުއައްސަސާއެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި، މި ވަތަން ދެކެ ލޯބިވާ ފުލުހުން ކަމަށާއި އެ ފުލުހުން ކުރައްވާ ހިދުމަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަމުންގެންދަވަނީ ފުލުހުންގެ ތެރޭގައި ރަނގަޅުކުރަން ޖެހޭ ކަންކަން ދަނެ، އެކަންކަން ރަނގަޅުކުރެވޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




ގުޅުންހުރި
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް
ކައުންސިލަރު ނަހުލާ، އެގްރިމަންޓު ލިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން
ސަނީ އުމަރުގެ ބަންދަށް 30 ދުވަސް
ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަލުން ސަނީ އުމަރު ހައްޔަރުކޮށްފި