ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ސަރުކާރުން ފަށާފައިވާ ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން ބަޔޯމެޓްރިކްސް ނުދިން 509 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ބިދޭސީންގެ މައްސަލަ އޮތީ އަޑިނޭނގޭ ފުންމިނެއްގައި ކަމަށާއި ރާއްޖޭގައި ތިބީ ކިތައް ބިދޭސީންކަމެއް އަދި އެ ބިދޭސީން ތިބި ތަނެއް އަދި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައުލޫމާތެއް ނެތް ކަމަށެވެ.
އެހެންވެ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ރައީސްގެ އިސްނެންގެވުމުގެ ދަށުން ފެށި ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން މިއަދާ ހަމައަށް 202,000 ބިދޭސީންގެ މައުލޫމާތު ނަގައި އެ މައުލޫމާތުތައް ސިސްޓަމަށް އަޕްޑޭޓްކޮށްފައިވާ ކަމަށެވެ. އެހެންވެ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަނޑައެޅި އަމާޒު އެއަށްވުރެ އަވަހަށް ވާސިލުވާނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
”ފަނަރަ ނޮވެމްބަރު 2025 އިން ފެށިގެން މިއަދާ ހިސާބަށް ގާތްގަނޑަކަށް އެއް މަސް ތެރޭގައި، މިހާތަނަށް ފިންގަޕްރިންޓް ނުދީ ރާއްޖޭގައި އުޅެމުން އައި ބިދޭސީންގެ ތެރެއިން 509 ބިދޭސީން ވަނީ އިމިގްރޭޝަނުން ހިފައި ރާއްޖެއިން ބޭރުކޮށްލާފައި،“ އިހުސާން ވިދާޅުވި އެވެ.
އެއާއެކު މި ދެ އަހަރުގެ ތެރޭގައި ޑީޕޯޓްކުރި ބިދޭސީންގެ ޖުމްލަ އަކީ މިހާރު 9،695 ކަމަށްވެސް އޭނާ ވިދާޅުވި އެވެ
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ”ކުރަނގި“ އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ.




1 Comment
ގުޅުންހުރި
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ