ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދައުލަތުން އެދިގެން މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލި ކަމަށް ތުހުމަތުކޮށް، އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހު އެވެ.
އޭނާ މިއަދު ބަންދުން ދޫކޮށްލާފައި މިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ފަހުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ޝަރުތުތަކަކާއެކު ޝަމްއާން ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ ކަމަށެވެ.
ޝަމްއާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އަދި ފުރުން މަނާކުރުމެއްގެ އަމުރެއް ވެސް ނެރުމަށްފަހު އެވެ. އޭގެ އިތުރުން ޝަމްއާންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފަ އެވެ.




5 Comments
ގުޅުންހުރި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެއްޖެ