އުމްރާގެ އަޅުކަމަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ އަލް ސަފާ ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ހދ. ވައިކަރަދޫ/ އިބްރާހިމް ރަޝީދު، (80އ.) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ރަޝީދު ނިޔާވީ ހިތުގެ މައްސަލައެއް ދިމާވެގެން އިއްޔެ އިރުރޮއްސުނު ފަހުންނެވެ.
ހިޖާޒް އުމްރާ ގުރޫޕުގެ ފަރާތުން އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ވެސް ވަނީ ނިޔާވެފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހުގެ ވަގުތެއްގައި ނިޔާވެފައިވަނީ އދ. މަހިބަދޫ/ ސެވަންސްޓާގޭ، އަބްދުﷲ ނާސިރު ހަސަން (72އ.) އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، އެޑްމިޓްކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.



