ރާއްޖޭގެ އިލްމުވެރިންނަކީ މުރުތައްދު ވެފައިވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި މައްސަލަ ބަލައިދިނުމަށް އެދި އިލްމުވެރިންގެ ގުޅުމުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވަނީ ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަކީ އަމިއްލަ މަންފާއަށްޓަކައި ކުއްލިއަކަށް ހަދީސްތަކާއި އާޔަތްތައް ބަދަލުކޮށްގެން ވާހަކަދައްކާ ބައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސިޔާސީ ގޮތުން ނުކުންނަ ދަންނަބޭކަލުންނަކީ ގައުމަށް އޮތް ”މުސީބާތެއް“ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މޫސަ އިތުރަށް ވަނީ އިސްލާމީ މަރުކަޒުގެ ބައެއް އިމާމުން ބޮޑު މުސާރަ ނަންގަވައިގެން ތިއްބެވުމަކީ ޖުވާ ކުޅުން ފަދަ ކަމެއް ކަމަށް ސިފަ ކުރައްވައި، ރާއްޖޭގެ ބައެއް ދަންނަބޭކަލުންނަކީ ”މުރުތައްދުވެފައިވާ“ ބައެއް ކަމަށް ވެސް ތުހުމަތު ކުރެއްވައިފަ އެވެ.
އިލްމުވެރިންގެ ގުޅުމުން މިއަދު ބުނީ، މޫސަ ދެއްކެވި ވާހަކައަކީ ވަރަށް ނުރައްކާތެރި އަދި ހައްސާސީ މައްސަލައެއް ކަމަށާއި އެ ވާހަކަތަކަކީ ދީނީ އިލްމުވެރިންނާމެދު ނަފުރަތު އުފެއްދުމަށް ދައްކާފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.
”އިލްމުވެރިންނާ މެދު މިފަދަ ނުރައްކާތެރި ތުހުމަތުތައް ކުރުމަކީ، ޑރ. އަފްރާޝީމް އަލީ (رحمه الله) އެކޭ އެއްފަދައިން، މިހާރު ތިއްބެވި ދީނީ އިލްމުވެރިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ޖަރީމާތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ،“ އިލްމުވެރިންގެ ގުޅުމުން ފުލުހަށް ހުށަހެޅި ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެހެންވެ މޫސަ ދެއްކި އެ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކޮށްދެއްވައި، އޭނާއަށް ފިޔަވަޅު އެޅުމަށް އިލްމުވެރިންގެ ގުޅުމުން އދިފައިވެ އެވެ. އަދި މޫސަ ދައްކާފައިވާ ވާހަކަތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްސަލަ ތަހުގީގުކޮށް، އެކަމާ ގުޅުން ހުރި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އެ ޖަމިއްޔާ އިން ގޮވައިލި އެވެ.




47 Comments
ގުޅުންހުރި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި