ތެލެސީމިއާ ސެންޓަރުގެ ގޮތުގައި ކުރިން ބޭނުން ކުރަމުންދިޔަ އިމާރާތް ތަޅާލައި، އެތަނުގައި ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކެއް ހަދަން ނިންމާފައިވާކަން އައިޖީއެމްއެޗުން ހާމަކޮށްފި އެވެ
އައިޖީއެމްއެޗް އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ، ހެންވޭރު ޖީޕީ ކްލިނިކް ހެދުމަށް ކަނޑައަޅާފައިވާ ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ކަމަށް ޝަރުތު ހަމަވާ އެންމެންނަށް މިހާރު ހުޅުވާފައިވާއިރު، ބީލަން ހުޅުވުން އޮންނާނީ މި މަހު 15 ގަ އެވެ.
އައިޖީއެމްއެޗުގެ ދިގު ކިއު ކުޑަކުރުމަށް މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ފުރަތަމަ ޖީޕީ ކްލިނިކް ހަދައި ހިދުމަތް ދޭން މިދިޔަ އަހަރު އެވެ. އެތަން ހުންނަނީ އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން ހަދާފައިވާ އިމާރާތުގައެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ އަމާން އުދަރެސް ޓަވަރު ހައެއްގައި ޖީޕީ ކްލިނިކެއް ހަދަން މިދިޔަ ޑިސެންބަރު މަހު ވަނީ ހަވާލުކޮށްފަ އެވެ. ހުޅުމާލެ ހޮސްޕިޓަލުން އެ މަސައްކަތް ހަވާލުކުރީ އެފްޑީސީއާ އެވެ.




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ