އަންނަ އޭޕްރީލު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ބޭރުގެ ފަރާތްތަކަށް އިންތިޚާބު ކަވަރކުރުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ. މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކި ވަކި ފަރުދުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުންކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދީގެ ނުވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުން ނެވެ. މި އިންތިޚާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭނީ ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.




ގުޅުންހުރި
ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ހުރި ފަރާތްތަކަށް އަލުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު
ކަނޑައަޅާފައިވާ މިންވަރަށް ރަޖިސްޓްރީ ކޮށްފައިނުވާތީ ވޯޓްފޮށި ނުބަހައްޓަން ނިންމިތަންތަން އީސީން އާންމުކޮށްފި
ވޯޓާސް ލިސްޓް ރަގަޅަށް ޗެކްކުރުމަށް އީސީން އިލްތިމާސް ކޮށްފި
މަޖިލިސް އިންތިޚާބުގައި 284،000 އަށް ވުރެ ގިނަމީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވޭ:
ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރެވޭނެ: އީސީ
ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ މިރޭ 8:00 ގެ ކުރިން އިޢުލާން