އީރާނުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން ވީ އެންމެ އަވަހަކަށް އެ ޤައުމުން ފޭބުމަށް ޗައިނާ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ޗައިނާ ސަރުކާރުން މިގޮތަށް އިލްތިމާސްކޮށްފައިމިވަނީ މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ނުރައްކާތެރި ދަރަޖައަކަށް ގޯސްވަމުންދާތީއެވެ. އީރާނުގައި ތިބި ޗައިނާގެ ރައްޔިތުން ވީ އެންމެ އަވަހަކަށް އެ ގައުމުން ފޭބުމަށް ޗައިނާ ސަރުކާރުން ހުކުރު ދުވަހު އަންގައިފައިވާއިރު އިސްރާއީލުގައި ތިބި އެ ގައުމުގެ ރައްޔިތުންވެސް ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތު އީރާނުގައި ތިބި ޗައިނާގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ވީ އެންމެ އަވަހަކަށް އެ ގައުމުން ފޭބުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
އަދި ޗައިނާއިންވަނީ ސަރަޙައްދުގެ ސަލާމަތީ މަސްރަޙު މިހާރު އޮތްގޮތަށް ރިޢާޔަތްކޮށް، ޗައިނާގެ ރައްޔިތުން މިވަގުތަށް އީރާނަށް ދަތުރުނުކުރުމަށްވެސް ވަނީ އިރުޝާދު ދީފިއެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އީރާނާއި އެ ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކުގައި ހުރި ޗައިނާގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުން، ވައިގެ މަގުން ނުވަތަ އެއްގަމު މަގުން އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ ޗައިނާގެ ރައްޔިތުންނަށް ބޭނުންވާ ފަންނީ އަދި އެހެނިހެން އެހީތެރިކަން އެގައުމުން ފޯރުކޮށްދޭނެއެވެ.
ހަމައެއާއެކު، އިސްރާއީލުގައި ހުންނަ ޗައިނާގެ އެމްބަސީން އެޤައުމުގައި ތިބި ޗައިނާގެ ރައްޔިތުން ނުހަނު ބޮޑަށް ސަމާލުވުމަށާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވެ ތިބުމުގެ އިތުރުން، ކޮންމެހެން ދާންޖެހިގެން މެނުވީ ބޭރަށް ނުނިކުތުމަށް އަންގާފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ، ސީ.ސީ.ޓީ.ވީ އިން ވަނީ ރިޕޯޓްކޮށްފައެވެ.
އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން، ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު އެންމެ ބޮޑަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލުގައި ތިބި އެމެރިކާ އެމްބަސީގެ ޒަރޫރީ ނޫން މުވައްޒަފުން އެ ގައުމުން ފޭބުމުގެ ހުއްދަ އެމެރިކާއިން ވަނީދީފައެވެ.
މި ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް ރުކުރުވާލަމުންދާއިރު، ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ ”ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް“ އެމެރިކާގެ ބައިވެރިއެއް ކަމަށްވާ އިޒްރޭލުގެ އައްސޭރިފަށަށް ދިއުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ހަނގުރާމައެއް ފެށުނަ ނުދިނުމަށްޓަކައި އެންމެ ފަހު ފުރުސަތެއްގެ ގޮތުގައި އޮމާން މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. ނަމަވެސް، އެއްބަސްވުމަކަށް އާދެވޭނީ ވޮޝިންގޓަނުން ކުރާ ”މާ ބޮޑެތި ޑިމާންޑްތައް“ ދޫކޮށްލުމުން ކަމަށް ތެހެރާނުން ބުނުމާ ގުޅިގެން، އެ މަޝްވަރާތަކުން ކުރެވުނު އުންމީދުތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.




ގުޅުންހުރި
ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން އަހަރަކު 500 ޑޮލަރު ދެނީ!
ކޮވިޑްގެ އާ ވޭރިއަންޓް ތަކާއެކު ކޭސްތައް އިތުރުވާތީ ސަމާލުވާން ޑަބްލިޔުއެޗްއޯ އިން
ޗައިނާގައި މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައި ރޯވެ 20 މީހުން މަރުވެއްޖެ
ޑުރަގް މައްސަލައެއްގައި ކެނެޑާގެ 4 މީހަކަށް ޗައިނާ އިން މަރުގެ އަދަބު