އިޒްރޭލާއި އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ އަވަހާރަކޮށްލުމުން އޭގެ ބަދަލުހިފުމަކީ އެ ގައުމަށް އޮތް ވާޖިބަކާއި ހައްގެއް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.
އިޒްރޭލާއި އެމެރިކާ އިން އިއްޔެ އީރާނަށް ދިން ހަމަލާތަކުގައި ހާމަނާއީ އަވަހާރަވެފައިވަނީ އޭނާގެ އޮފީހުގައި އިންނަވަނިކޮށެވެ. ހާމަނާއީ އަވަހާރަވެފައިވާކަން އީރާނުން މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ހާމަނާއީ އަވަހާރަކޮށްލުމުން ތައުޒިޔާ ވިދާޅުވަމުން މަސްއޫދު ވިދާޅުވީ, ހާމަނާއީ އާއި އީރާނުގެ އެހެން އިސް އޮފިޝަލުން އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގި ފަރާތްތަކާއި އެކަމަށް އަމުރުކުރި ފަރާތްތަކުގެ ކިބައިން އިންސާފު ހޯދުމާއި ބަދަލުހިފުމަކީ އީރާނުގެ ވާޖިބެއް އަދި ހައްގެއް ކަމަށެވެ.
މި ބޮޑު މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށްޓަކައި އީރާނުގެ ހުރިހާ ބާރެއް ބޭނުންކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.


