ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުންގެ ބަންދުގައި ހުއްޓައި މިއަދު މަރުވެފައިވަނީ މަރުވެފައިވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަހުމަދު ނަވްޝާދު (41އ) އެވެ.

ފުލުހުން މިރޭ ބުނީ ބަންދުގައި ހުއްޓައި މަރުވި މީހަކަށް ވުމާއެކު، މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވައި ފެނިގެން މިއަދު ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.